ENGLISH

10 މޭ 2025

Advertisement

ގާޒާގެ ހައްގުގައި އައްޑޫ ސިޓީގައި އެއްވުމެއް ބާއްވަނީ

17 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ގާޒާގެ ހައްގުގައި އައްޑޫގައި ސިޓީގައި މާދަމާ އެއްވުމެއް ބާއްވަން ނިންމައިފިއެވެ.

މި އެއްވުން އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރި ވަނީ ނޫރުލްއިސްލާމް ޖަމްޢިއްޔާ އާއި ފޭދޫ މިޝްކާތު ފައުންޑޭޝަންއެވެ.

މިއީ ދިވެހި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި މަދަނީ ޖަމްޢިއްޔާތަކާއި އައްޑޫސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ އެއްވުމެކެވެ.

ވެހިކަލް ބުރަކާ އެކު ކުރިޔަށްދާ މި އެއްވުމުގައި ހިތަދޫގެ އެއްވުން ފެށުމަށް ނިންމައިފައިވަނީ ހަވީރު 4:15 ގައި ނޭޗާ ޕާކު ކުރިމަތިންނެވެ. އަދި އެހެން އަވަށްތަކުން ބައިވެރިވާ ފަރާތްތަކުން އެ އަވަށެއްގެ ބަނދަރުމައްޗަށް ހަވީރު 4:15 އަށް ހާޒިރުވާނެއެވެ.

އެއްވުން ނިންމާލާނީ އައްޑޫ ސިޓީ ސްކޮޔަރ ސަރަހައްދުންނެވެ. އެ ސަރަހައްދުގައި ބައިވެރިންގެ ޝުޢޫރު ފާޅުކުރުމަށް ފަހު އިވެންޓް ނިންމާލާނީ ޚާއްޞަ ދުޢާއަކުން، ހަވީރު 6:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު