ENGLISH
10 މޭ 2025
މަކުނުދޫގައި ހަތް މަހުގެ ތުއްތު ކުއްޖަކު ފިހިއްޖެ
17 އޭޕްރީލު 2025
|
ހދ. މަކުނުދޫގައި ކުޑަކުއްޖެއްގެ ގަޔަށް ހޫނު ފެން އެޅިގެން ފިހިއްޖެ އެވެ.
މި ކުއްޖާ ފިހިފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ފަތިހު، ސައިކުރައެއްގައި ހުރި ހޫނު ފެން އެ ކުއްޖާގެ ގަޔަށް އެޅިގެންނެވެ.
އާއިލާއިން މައުލޫމާތު ދީފައި ވާގޮތުގައި ފިހުނުތާ 10 މިނެޓު ރެރޭގައި މި ކުއަޖާވަނީ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ.
ނަމަވެސް މަރުކަޒުން އެ އަންދާފައި ހުރި ތަންތަނުގައި މަލަން އަޅާފައި ފޮނުވާލީއެވެ. އަދި އަންދާފައި ހުރި ތަންތަން އިތުރަށް ހާލު ގޯސްވާން ފެށުމުން އެ ކުއްޖާގެ އާއިލާ އިތުރު ފަރުވާ ހޯދަން މާލެ އައީއެވެ.
އާއިލާއިން ބުނާ ގޮތުގައި ކުއްޖާގެ ހާލަތު ގޯސްވާން ޖެހުނީ އެންމެ ފުރަތަމަ މަކުނުދޫ ސިއްޚީ މަރުކަޒަށް ގެންދިޔުމުން އަނދާފައި ހުރި ތަންތަނުގައި ބެންޑޭޖު އަޅައި ބަންދު ކުރުމުންނެވެ.
ހަމައެއާއެކު ޑޮކްޓަރުވެސް ފަރުވާ ކުޑަކޮށްލާ ކުއްޖާ އެވަރަށް އަނދާފައި އޮތް އިރު ފަރުވާ ނުދީ ގެއަށް ދޫކޮށްލުމުން ކަމަށްވެސް އާއިލާ އިން ވަނީ ބުނެފައެވެ.