ENGLISH

10 މޭ 2025

Advertisement

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ފަރާތްތަކަށް، މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިވުމުގެ ފުރުޞަތު

17 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

ނޭޝަނަލް ޑްރަގް އެޖެންސީ ބޭރު....ފޮޓޯ: އެންޑީއޭ

މަސްތުވާތަކެތީގެ ވަބާއިން މިންޖުވެފައިވާ ފަރާތްތަކަށް، މަސްތުވާތަކެތިން ސަލާމަތްވުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން މަޢުލޫމާތު ދިން ގޮތުގައި، މަސްތުވާތަކެތީގެ ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ހިލޭސާބަހަށް މަސައްކަތްކުރާނެ 30 މީހުން ހޯދުމަށް ވަނީ ނިންމާފައެވެ.

މި ފުރުޞަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި

  •   ގްރޭޑް 7 ފުރިހަމަކޮށްފައިވާވުން
  •  މަސްތުވާތަކެތީގެ ފަރުވާއެއް ފުރިހަމަކޮށް މަސްތުން ސާފުވެފައިވާ މީހަކަށްވުން

އެންޑީއޭ އިން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ސީވީއާއެކު ސިޓީއެއް އެ އެޖެންސީގެ އީމެއިލް އެޑްރެހަށް ފޮނުވުމަށް ފޮނުވޭނެ ކަމަށެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އެންޑީއޭގެ އިތުރުން، ކ. ހިންމަފުށީގައި ޤާއިމުކޮށްފައިވާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރު، ހުޅުމާލޭގެ ހާފްވޭ ހައުސް، ދަގެނާ، ސ. ހުޅުދޫގެ ވިލުނު ސެންޓަރު، އަދި ގދ. ތިނަދޫ، ސ. ހިތަދޫ އަދި ޏ. ފުވައްމުލަކުގައި ޤާއިމުކޮށްފައިވާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުތައް ހިމެނެއެވެ.

ސަރުކާރުން ދަނީ މަސްތުވާތަކެތިން ސަލާމަތްވުމަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މި ގޮތުން، ފަރުވާ ފުރިހަމަކުރުމަށްފަހު އަލުން މުޖުތަމަޢަށް ނުކުންނަ ފަރާތްތަކަކީ އިސްލާމީ އަޚްލާޤާއި އާދަކާދަތަކަށް އިޙްތިރާމްކުރާ ބަޔަކަށް ހެދުމަށް އަމާޒުކޮށް، ފަރުވާގެ ނިޒާމު ވަނީ ފަރުމާކޮށްފައިކަމަށް ނޭޝަނަލް ޑްރަގް އެޖެންސީން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު