ENGLISH

10 މޭ 2025

Advertisement

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

17 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ ހަ ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި އެވެ.

އޭޕްރިލް މަހުގެ 13 ވަނަ ދުވަހު ފެށި މި ކޯހަކީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ކުރިޔަށްދާ ކޯހެކެވެ.

މި ކޯހުގެ މަގްސަދަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމެވެ.

މި ކޯހުގެ ތެރޭގައި ފިޒިކަލް ޓްރެއިނިންގ، ޑްރިލް، ބާރުގެ ބޭނުންކުރުމާއި ދިފާއީ އުކުޅުތައް ދަސްކޮށްދޭނެއެވެ.

މީގެ އިތުރުން ގާނޫނާއި ޤަވާއިދުތަކުގެ މައުލޫމާތުދީ ފުލުހުންގެ ސަލާމަތީ ހުނަރުތައް ވެސް ދަސްކޮށްދޭނެ އެވެ.

ހަތަރު ހަފްތާއަށް ކުރިޔަށްދާ މި ކޯހުގައި 27 ފުލުހަކު ބައިވެރިވިއެވެ.

ކިޔުންތެރިންގެ ހިޔާލު