ENGLISH

19 އޭޕްރީލު 2025

Advertisement

ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ އާ ދައުރުގެ ޗެއާރ އަކީ ރާއްޖެ

16 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމްޢިއްޔާ ގެ 37 ވަނަ ޖޮއިންޓް މީޓިންގް އޮފް ޔޫ.އެން. ޓޫރިޒަމް ކޮމިޝަން ފޮރ އީސްޓް އޭޝިއާ އެންޑް ދި ޕެސިފިކް އެންޑް ދި ޔޫ.އެން. ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ ބައްދަލްވުން

ދުނިޔޭގެ ފަތުރުވެރިކަމާއި ބެހޭ ޖަމްޢިއްޔާ ގެ 37 ވަނަ ޖޮއިންޓް މީޓިންގް އޮފް ޔޫ.އެން. ޓޫރިޒަމް ކޮމިޝަން ފޮރ އީސްޓް އޭޝިއާ އެންޑް ދި ޕެސިފިކް އެންޑް ދި ޔޫ.އެން. ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާ، އަދި 60 ވަނަ ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ އެވެ.

މި މަހުގެ 15 ވަނަ ދުވަހު އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ފެށި މި ބައްދަލުވުންތަކުގެ ތެރެއިން، 37 ވަނަ ޖޮއިންޓް މީޓިންގެ ކޯ-ޗެއަރ ކަމާއި 60 ވަނަ ސީ.އެސް.އޭ ބައްދަލުވުމުގެ ޗެއަރކަން ރާއްޖެއިން ވަނީ އަދާކޮށްފަ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޑރ. އަބްދު ﷲ ނިޔާޒު ވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަކަށްށާއި ކުރިއަށް ރޭވިފައިވާ މަސައްކަތްތަކާއި ޕްލޭންތަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން، ދުނިޔޭގެ ފަތުރުވެރިކަމަށް އަންނަމުންދާ އަވަސް ބަދަލުތަކަށް ރިއާޔަތްކޮށް، ފަތުރުވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްކަން ދެއްވާކަމަށް މިނިސްޓަރ އޮފް ސްޓޭޓް ޑރ. ނިޔާޒް ފާހަގަކުރެއްވި އެވެ. 

އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ތަރައްގީކޮށް، މި ސިނާއަތުގެ ފައިދާ ރަށުގެ އިގުތިސާދާއި ރައްޔިތުންނަށް ފޯރުކޮށްދީ، ފަތުރުވެރިންނަށް ރާއްޖޭގެ ސަގާފަތާއި ތަރިކަ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ތަފްސީލު ކޮށް ދެއްވި އެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް މިނިސްޓަރ އޮފް ސްޓޭޓް ޑރ. ނިޔާޒު ވަނީ އަލިއަޅުވާލައްވާފައެވެ. ފާއިތުވި 2024 ވަނަ އަހަރު 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް، ދެކުނު އޭޝިއާ ސަރަޙައްދުގައިފަތުރުވެރިކަމުގެ ދާއިރާއަށް އެންމެ ރަނގަޅު ކުރިއެރުން ލިބިފައިވާ އެއް ގައުމަށް ދިވެހިރާއްޖެ ވެފައިވުމުން، މި ހިނގާ 2025 ވަނަ އަހަރު 2.3 މިލިއަން ފަތުރުވެރިންނަށް މަރުޙަބާކިޔުމަށް ދިވެހިރާއްޖެއިން އަމާޒުކުރާކަންވެސް ޑރ. ނިޔާޒު ވަނީ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާގެ 2025-2027 ގެ ދައުރުގެ ޗެއަރކަމަށް ރާއްޖެ ވަނީ އައްޔަނުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު