ENGLISH

19 އޭޕްރީލު 2025

Advertisement

ރައީސްގެ ހަރުދަނާ ސިޔާސަތަށް ޝުކުރު ޙައްޤު: އޭދަފުށީ ކައުންސިލް

16 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސް މުޢިއްޒު، އޭދަފުށީގެ ބަޔަކާ އެކު ފޮޓޯއެއް ނަންގަވަނީ -- ފައިލް ފޮޓޯ

ދިވެހި ދައުލަތުން އިޒްރޭލް ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަކީ އުޚުއްވަތްތެރި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ތިބިކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ސަރުކާރުގެ ނިންމުމަށް މަރުޙަބާ ކިޔާ އެ ރަށު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމަށް ދިވެހި ދައުލަތުން ނިންމި ނިންމުމަށް އޭދަފުށީ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ޝުކުރު ދަންނަވާ ކަމަށެވެ.

"މިކަން ކުރެއްވުމުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކަށްޓަކާ އެމަނިކުފާނަށް މި ކައުންސިލްގެ ނަމުގަޔާއި އަދި އޭދަފުށީ އެންމެހާ ރައްޔިތުންގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަމަވެ,"

އިސްރާއީލު ޕާސްޕޯޓް ބޭންކޮށް އެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަކީ ވަރަށް ހިތްވަރު ގަދަ ނިންމުމެއްކަން ފާހަގަކޮށް އެ ނިންމުމަށް ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ކައުންސިލުތަކުން ގެންދަނީ ތަޢުރީފުކޮށް ބަޔާންތައް ނެރެމުންނެވެ.

އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ނިންމުމަކީ ފާއިތުވި އަހަރުގެ ޖުލައި މަހުގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ. އެ ނިންމެވުން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމީ އިއްޔެއެވެ. 

މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ 2023، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށެވެ. 

އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ވަނީ އެ ބިލް ތަސްދީޤު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު