ENGLISH
19 އޭޕްރީލު 2025
ރައީސް ދެއްކެވީ ދީނަށް ކުރައްވާ ލޯތްބާއި އިޙްތިރާމް: ބޮޑުފުޅަދޫ ކައުންސިލް
16 އޭޕްރީލު 2025
|
ރައީސް ބޮޑުފުޅަދޫ ކައުންސިލާއި ބައްދަލު ކުރައްވަނީ -- ފައިލް ފޮޓޯ
އިޒްރޭލް ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަށް ބޮޑުފުޅަދޫ ކަައުންސިލުން މަރުޙަބާ ކިޔާ ރައީސް މުޢިއްޒުގެ އެ ނިންމެވުމަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވައިފި އެވެ.
އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިޒްރޭލް ޕާސްޕޯޓް މަނާކޮށް މަޖިލީހުން ފާސްކުރި ޤާނޫނޫ ތަސްދީޤު ކުރެއްވުމަކީ ދިވެހި އުއްމަތް ލާއިންސާމީ އަމަލުތަކަށް ތާއަބަދު ނޫނެކޭ ބުނާ ބުނުމާއި އިސްލާމްދީނަށް ކުރާ ލޯތްބާއި އިހްތިރާމް އަމަލީ ގޮތުން ރަމްޒުކޮށްދޭ ތާރީޚީ އަލިގަދަ ދަލީލެއް ކަމަށެވެ.
"ދިވެހި ޤައުމު ކިތަންމެ ކިަންމެ ކުޑަވެ ވަސީލަތްތައް މަދުނަމަވެސް ދިވެހީންނަކީ ލާއިންސާނީ ޢަމަލުތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ ބައެއް ނޫންކަން އަދުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ސާބިތުކޮށް ދެއްވާފަ އެވެ,"
ރައްޔިތުން މިފަދަ ނިންމުމަކަށް އެދި ތިބޭތާ އެތައް އަހަރެއްގެ ފަހުން މި ހިތްވަރުގަދަ ނިންމުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި ދެއްވީތީ ބޮޑުފުޅަދޫ ކައުންސިލުން އިޚްލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ނިންމުމަކީ ފާއިތުވި އަހަރުގެ ޖުލައި މަހުގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ. އެ ނިންމެވުން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމީ އިއްޔެއެވެ.
މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ 2023، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށެވެ.
އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ވަނީ އެ ބިލް ތަސްދީޤު ކުރައްވާފަ އެވެ.