ENGLISH

19 އޭޕްރީލު 2025

Advertisement

މޮރޮކޯގައި އޮންނަ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތެއްގައި ބައިވެރިވުމަށް ހުޅުވާލައިފި

16 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ކުރީން އޮތް މުބަރާތަކުން ވަނަހޯދި ދަރިވަރެއް

މި އަހަރުގެ އޮގަސްޓު މަހުގައި މޮރޮކޯގައި އޮންނަ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާތީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އާއްމުކޮށް ހުޅުވާލައިފި އެވެ.

އެ މަރުކަޒުން ބުނީ މުބާރާތުގެ ދެ ކެޓެގަރީގައި، ކޮންމެ ކެޓެގަރީއަކުން އެއް ބައިވެރިއަކަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.

ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް ވެސް ބަޔާން ކޮށްފައިވެ އެވެ.

* ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން.

* ދިވެހި ރައްޔިތަކަށްވުން.

* ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން.

* ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.

ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠުތަކަކީ:

* މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 7 ވަނަ ފޮތާއި 8 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައި: މި ކެޓެގަރީގައި ބައިވެރިވެވޭނީ ރަގަޅަށް ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެ އެވެ.

* ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައި: މި ކެޓެގަރީއަށް ބައިވެރިޔަކު ހޮވުމުގައި ޤުރްއާން ހިތުދަސް ޙާފިޡުންނަށް އިސްކަން ދެވޭނެއެވެ. އަދި ބައިވެރިވާ ފަރާތަށް ޙިޒްބުތައް ވަކިކުރަން އެނގެންވާނެއެވެ.

މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައި ކަމަށް އެ މަރުކަޒުން ބުނެފައިވެ އެވެ. އަދި އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ އެބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދޭނެ ކަމަށް ވެސް މަރުކަޒުން ބުންޏެވެ.

މިި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ، ވަނަވަރު (ސީވީ)، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ، ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ، ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު) މި މަހުގެ 21 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުމަށް ވަނީ އެދިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު