ENGLISH
19 އޭޕްރީލު 2025
ފެނުނީ ރައީސްގެ ހިތްޕުޅުގައި ފަލަސްޠީނަށް އޮތް ލޯބި: ފ. އަތޮޅު ކައުންސިލް
16 އޭޕްރީލު 2025
|
ރައީސް ފާފު އަތޮޅު ކައުންސިލާއި ނިލަންދޫ ކައުންސިލް މެންބަރުންނާއި ބައްދަލު ކުރެއްވުން -- ފައިލް ފޮޓޯ
އަނިޔާވެރި ޔަހޫދީ ދައުލަތުގެ ޕާސްޕޯޓް މަނާކުރަން ނިންމެވުމުން އަންގައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހިތްޕުޅުގައި ފަލަސްތީނަށް އޮތް ލޯތްބާއި އޯގާތެރި ކަމުގެ ލާމަސީލު ނަމޫނާ ކަމަށް ފާފު އަތޮޅު ކައުންސިލުން ބުނެފި އެވެ.
އެ ކައުންސިލުން މިހެން ބުނެފައި ވަނީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާ ކުުރުމާއި ގުޅިގެން މަރުޙަބާ ކިޔާ ނެރެފައިވާ ބަޔާނެއްގަ އެވެ.
ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ޔަހޫދީ ދައުލަތުގެ ޕާސްޕޯޓް މަނާކުރުމާއި ގުޅިގެން މަރުޙަބާ ކިޔާ ފާފު އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސްގެ އެ ނިންމެވުމުން އަންގައިދެނީ އެމަނިކުފާނުގެ ހިތްޕުޅުގައި ފަލަސްތީނަށް އޮތް ލޯތްބާއި އޯގާތެރި ކަމުގެ ލާމަސީލު ނަމޫނާ ކަމަށެވެ.
އަދި މުޅި އިސްލާމީ ޢުންމަތަށް ނަމޫނާ ދައްކަވައި ރާއްޖެ ފަދަ ކުޑަކުޑަ ޤައުމަކުން ނިރުބަވެރި އިޒްރޭލާ ދެކޮޅަށް ކުރަމުން ގެންދާ ވަރުގަދަ ޖިހާދަކީ ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް މިހާތަނަށް ކުރައްވަން ކެރިވަޑައިގެންނެވި ކަމެއް ނޫން ކަމަށެވެ.
އިސްރާއީލު ޕާސްޕޯޓް ބޭންކޮށް އެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަކީ ވަރަށް ހިތްވަރު ގަދަ ނިންމުމެއްކަން ފާހަގަކޮށް އެ ނިންމުމަށް ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ކައުންސިލުތަކުން ގެންދަނީ ތަޢުރީފުކޮށް ބަޔާންތައް ނެރެމުންނެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ނިންމުމަކީ ފާއިތުވި އަހަރުގެ ޖުލައި މަހުގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ. އެ ނިންމެވުން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމީ އިއްޔެއެވެ.
މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ 2023، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށެވެ.
އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ވަނީ އެ ބިލް ތަސްދީޤު ކުރައްވާފަ އެވެ.