ENGLISH

10 މޭ 2025

Advertisement

ހައްސާސް ވަގުތު އުންމަތުގެ ޙައްގުގައި ރައީސް އެޅުއްވީ މުހިންމު ފިޔަވަޅެއް: އިނގުރައިދޫ ކައުންސިލް

16 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސް އިނގުރައިދޫ ކައުންސިލާއި ބައްދަލު ކުރެއްވުން -- ފައިލް ފޮޓޯ

އިޒްރޭލް ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަށް މަރުޙަބާ ކިޔާ މި ހައްސާސް ވަގުތު އުންމަތުގެ ޙައްޤުގައި ރައީސް އެޅުއްވީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އިނގުރައިދޫ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން މިހެން ބުނީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާ ކުުރުމާއި ގުޅިގެން މަރުޙަބާ ކިޔާ ނެރެފައިވާ ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނީ މި ހައްސާސް ވަގުތު އުންމަތުގެ ޙައްޤުގައި ރައީސް އެޅުއްވީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެކަމަށްޓަކައި އެމަނިކުނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ބަޔާނުގައިވެ އެވެ.

އިސްރާއީލު ޕާސްޕޯޓް ބޭންކޮށް އެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަކީ ވަރަށް ހިތްވަރު ގަދަ ނިންމުމެއްކަން ފާހަގަކޮށް އެ ނިންމުމަށް ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ކައުންސިލުތަކުން ގެންދަނީ ތަޢުރީފުކޮށް ބަޔާންތައް ނެރެމުންނެވެ.

އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ނިންމުމަކީ ފާއިތުވި އަހަރުގެ ޖުލައި މަހުގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ. އެ ނިންމެވުން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމީ އިއްޔެއެވެ. 

މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ 2023، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށެވެ. 

އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ވަނީ އެ ބިލް ތަސްދީޤު ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު