ENGLISH
10 މޭ 2025
ރައީސް ނިންމެވީ ހިތްވަރުގަދަ ތާރީޚީ ނިންމެވުމެއް: މަތިވެރި ކައުންސިލް
16 އޭޕްރީލު 2025
|
މަތިވެރީ ކައުންސިލްގެ މެންބަރުންނާ އެކު ރައީސް މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
އިސްރާއީލު ޕާސްޕޯޓް ބޭންކޮށް އެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމުމުން އއ. މަތިވެރީ ކައުންސިލުން މަރުޙަބާ ކިޔައިފި އެވެ.
މަތިވެރީ ކައުންސިލުން ނެރުނު ބަޔާނެއް ގައި ބުނީ ފަލަސްތީނުގެ މުޤައްދަސް ބިމަށް އަރައިގަނެ މުސްލިމު އަޚުންނާއި އުޚުތުންގެ ގެދޮރު ސުންނާފަތިކޮށް އެތައް އަނިޔާތަކެއްދީ މަރަމުންދާ ސަޙްޔޫނީ ޔަހޫދީން ހިތް އުފާކޮށް ޗުއްޓީ ހޭދަކުރާ މަންޒިލަކަށް މި ދީބުގެ ހަމަހިމޭން ރަށްތައް ހުޅުވާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައްޔިތުން އެެދޭތާ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ.
ރައްޔިތުންގެ އަޑު އައްސަވާ އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކަށް ބެއްލެވުމެއް ނެތި ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ހިތްވަރު ގަދަ ތާރީޚީ ނިންމެވުމެއް ކަމަށް މަތިވެރީ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.
އިސްރާއީލު ޕާސްޕޯޓް ބޭންކޮށް އެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަކީ ވަރަށް ހިތްވަރު ގަދަ ނިންމުމެއްކަން ފާހަގަކޮށް އެ ނިންމުމަށް ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ކައުންސިލުތަކުން ގެންދަނީ ތަޢުރީފުކޮށް ބަޔާންތައް ނެރެމުންނެވެ.
އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ނިންމުމަކީ ފާއިތުވި އަހަރުގެ ޖުލައި މަހުގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ. އެ ނިންމެވުން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމީ އިއްޔެއެވެ.
މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ 2023، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށެވެ.
އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ވަނީ އެ ބިލް ތަސްދީޤު ކުރައްވާފަ އެވެ.