ENGLISH
10 މޭ 2025
ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަށް
16 އޭޕްރީލު 2025
|
ހުޅުމާލޭ ޖަލު (ފޮޓޯ/ ވޮއިސް. އެމްވީ)
ހުރިހާ ޖަލުތަކެއް އެއްކޮށްލައިގެން އަޅަން ނިންމާފައިވާ ސެންޓްރަލް ޖަލު އަޅާނިމެންދެން ހުޅުމާލޭ ޖަލާ އިންވެގެން އޮންނަ ބިން މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ބޭނުމަށް ދޭން އެއްބަސްވެފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ 'އެކްސް'،ގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.
އިހުސާން ވިދާޅުވީ ސެންޓްރަލް ޖަލު އަޅާނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭޖަލާއި އިންވެގެންއޮތް ބިން ކަރެކްޝަނަލް ސާރވިސްގެ ބޭނުމަށް ބޭނުންކުރަމުން ދިއުމަށް މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކަރެކްޝަންސް އާ މެދު މަޝްވަރާކޮށް އެއްބަސްވެފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ޚަރަދު ކުޑަކުރުމާއި އެކު ދެވޭ ޚިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުމެވެ.
ހުރިހާ ޖަލެއް އެއްކޮށްލުމަށްފަހު ގާއިމުކުރުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޖަލު އިމާރާންތ ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އުތުރު ތިލަފަޅުގަ އެވެ. މާފުށީ ޖަލާއި ހިންމަފުށި އަދި ހުޅުމާލެޖަލު އުވާލައި ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ޖަލަކީ ސަރުކާރުން މީގެކުރިން ބުނެފައިވާ ގޮތުގައި 3000 މީހުންގެ ޖާގައިގެ ބޮޑު ޖަލެކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މި ޖަލާ އެކު، ޖަލަށް ފޯނާއިމަސްތުވާތަކެތި ވެއްދުން ކޮންޓްރޯލްވެގެންދާނެ އެވެ.