ENGLISH

19 އޭޕްރީލު 2025

Advertisement

އިޒްރޭލް ޕާސްޕޯޓް މަނާކުރުން: ކައުންސިލްތަކުގެ ޝުކުރާއި ތަޢުރީފު ރައީސް މުޢިއްޒަށް

16 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

އިސްރާއީލު ޕާސްޕޯޓް ބޭންކޮށް އެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަކީ ވަރަށް ހިތްވަރު ގަދަ ނިންމުމެއްކަން ފާހަގަކޮށް އެ ނިންމުމަށް ދިވެހި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ކައުންސިލުތަކުން ޝުކުރާއި ތަޢުރީފުކޮށްފި އެވެ.

އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ ނިންމުމަކީ ފާއިތުވި އަހަރުގެ ޖުލައި މަހުގައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމަވާފައިވާ ނިންމެވުމެކެވެ. އެ ނިންމެވުން ތަންފީޒުކުރުމަށް ގާނޫނަށް ގެންނަންޖެހޭ އިސްލާހު މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށް ގޮތެއް ނިންމީ އިއްޔެއެވެ. 

މަޖިލީހުގެ ކޮމިޓީން ނިންމާފައިވަނީ 2023، އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާމެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށެވެ. 

އެ ނިންމުން މަޖިލީހުގެ ތަޅުމުން ފާސްކުރުމުން ކުޑައިރުކޮޅެއްގެ ތެރޭގައި ރައީސް ވަނީ އެ ބިލް ތަސްދީޤު ކުރައްވާފަ އެވެ.

ފިއްތުންތަކަށް ބެލުމެއް ނެތި ރައީސް ނިންމެވީ ހިތްވަރުގަދަ ނިންމުމެއް: ހދ އަތޮޅު ކައުންސިލް

އެ ނިންމުމަށް މަރުހަބާ ކިޔާ ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމަކީ ދިވެހީން އެދިއެދި ތިބި ކަމެއް ކަމަށާ ރައްޔިތުންގެ އަޑު އައްސަވާ އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކަށް ބެއްލެވުމއް ނެތި ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ހިތްވަރު ގަދަ ތާރީޚީ ނިންމެވުމެއް ކަމަށެވެ.

"މިކަމަށްޓަކައި ތިލަދުންމަތީ ދެކުނުބުރީ ރައްޔިތުންްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހިރައްޔިތުންނަށާއި މިކަމުގައި މަސައްކަތް ކޮށްދެއްވި އެންމެހައި ފަރާތްތަކަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރަމެވެ,"

އެ ބަޔާނުގައި ވަނީ ފަލަސްތީނަށް ނަސްރު ދެއްވާ ލާއިންސާނީ އަނިޔާވެރި ޔަހޫދީން ބަލިކުރެއްވުން އެދި ދުއާ ކޮށްފަ އެވެ.

ރައީސްގެ ނިންމެވުމަކީ ހިތްވަރުގަދަ ތާރީޚީ ނިންމެވުމެއް: މަތިވެރި ކައުންސިލް

އިސްރާއީލު ޕާސްޕޯޓް ބޭންކޮށް އެ ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމުމުން އއ. މަތިވެރީ ކައުންސިލުން ވެސް ވަނީ މަރުޙަބާ ކިޔާފަ އެވެ.

މަތިވެރީ ކައުންސިލުން ނެރުނު ބަޔާނުގައި ވެސް ބުނީ ފަލަސްތީނުގެ މުޤައްދަސް ބިމަށް އަރައިގަނެ މުސްލިމު އަޚުންނާއި އުޚުތުންގެ ގެދޮރު ސުންނާފަތިކޮށް އެތައް އަނިޔާތަކެއްދީ މަރަމުންދާ ސަޙްޔޫނީ ޔަހޫދީން ހިތް އުފާކޮށް ޗުއްޓީ ހޭދަކުރާ މަންޒިލަކަށް މި ދީބުގެ ހަމަހިމޭން ރަށްތައް ހުޅުވާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ރައްޔިތުން އެެދޭތާ އެތައް ޒަމާނެއް ވެއްޖެ ކަމަށެވެ.

ރައްޔިތުންގެ އަޑު އައްސަވާ އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކަށް ބެއްލެވުމއް ނެތި ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައީސް ނިންމެވި ނިންމެވުމަކީ ވަރަށް ހިތްވަރު ގަދަ ތާރީޚީ ނިންމެވުމެއް ކަމަށް މަތިވެރީ ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.

ހައްސާސް ވަގުތު އުންމަތުގެ ޙައްގުގައި ރައީސް އެޅުއްވީ މުހިންމު ފިޔަވަޅެއް: އިނގުރައިދޫ ކައުންސިލް

އިޒްރޭލް ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަށް އިނގުރައިދޫ ކައުންސިލުން ވެސް ވަނީ މަރުޙަބާ ކިޔާފަ އެވެ.

އެ ކައުންސިލުން ބަޔާނެއް ނެރެ ބުނީ މި ހައްސާސް ވަގުތު އުންމަތުގެ ޙައްޤުގައި ރައީސް އެޅުއްވީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އެކަމަށްޓަކައި އެމަނިކުނަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށް ބަޔާނުގައިވެ އެވެ.

ރާއްޖެއިން މުޅި ދުނިޔެއަށް ދެއްކީ ނަމޫނާއެއް: ގދ އަތޮޅު ކައުންސިލް

ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާ ގދ އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ވެސް ވަނީ އިޒްރޭލްގެ ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަކީ ވަރަށް ހިތްވަރު ގަދަ ނިންމުމެއް ކަމުގައި ބުނެފަ އެވެ.

އަދި ސައްތައިންސައްތަ މުސްލިމު ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމަކަށް ވީނަމަވެސް ލާއިންސާނީ ޢަމަލުތަކާއި ދެކޮޅުކަން މުޅި ދުނިޔެއަށް ހާމަކޮށް ނަމޫނާ ދައްކާފައިވާތީ އެ އަތޮޅު ކައުންސިލާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހާއި އެކަމަށް މަސައްކަތްކޮށް ދެއްވި ހުރިހާ ފަރާތްތަަކަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ފެނުނީ ރައީސްގެ ހިތްޕުޅުގައި ފަަލަސްޠީނަށް އޮތް ލޯބި: ފާފު އަތޮޅު ކައުންސިލް

އަނިޔާވެރި ޔަހޫދީ ދައުލަތުގެ ޕާސްޕޯޓް މަނާކުރުމާއި ގުޅިގެން މަރުޙަބާ ކިޔާ ފާފު އަތޮޅު ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރައީސްގެ އެ ނިންމެވުމުން އަންގައިދެނީ އެމަނިކުފާނުގެ ހިތްޕުޅުގައި ފަލަސްތީނަށް އޮތް ލޯތްބާއި އޯގާތެރި ކަމުގެ ލާމަސީލު ނަމޫނާ ކަމަށެވެ.

އަދި މުޅި އިސްލާމީ ޢުންމަތަށް ނަމޫނާ ދައްކަވައި ރާއްޖެ ފަދަ ކުޑަކުޑަ ޤައުމަކުން ނިރުބަވެރި އިޒްރޭލާ ދެކޮޅަށް ކުރަމުން ގެންދާ ވަރުގަދަ ޖިހާދަކީ ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކަށް މިހާތަނަށް ކުރައްވަން ކެރިވަޑައިގެންނެވި ކަމެއް ނޫން ކަމަށެވެ.

ރައީސްގެ ހަރުދަނާ ސިޔާސަތަށް ޝުކުރު: އޭދަފުށީ ކައުންސިލް

އޭދަފުށީ ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދިވެހި ދައުލަތުން އިޒްރޭލް ޕާސްޕޯޓް މަނާކުރަން ނިންމި ނިންމުމަކީ އުޚުއްވަތްތެރި ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ތިބިކަން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

އަދި އިޒްރޭލްގެ ޕާސްޕޯޓް މަނާކުރުމަށް ދިވެހި ދައުލަތުން ނިންމި ނިންމުމަށް އޭދަފުށީ ކައުންސިލާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް ޝުކުރު ދަންނަވާ ކަމަށެވެ.

"މިކަން ކުރެއްވުމުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކަށްޓަކާ އެމަނިކުފާނަށް މި ކައުންސިލްގެ ނަމުގަޔާއި އަދި އޭދަފުށީ އެންމެހާ ރައްޔިތުންގެ ނަމުގައި ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަމަވެ,"

ރައީސް ދެއްކެވީ ދީނަށް ކުރައްވާ ލޯތްބާއި އިޙްތިރާމް: ބޮޑުފުޅަދޫ ކައުންސިލް

އިޒްރޭލް ޕާސްޕޯޓް ގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް ނިންމި ނިންމުމަށް މަރުޙަބާ ކިޔާ ބޮޑުފުޅަދޫ ކައުންސިލުން ބުނީ މަޖިލީހުން ފާސްކުރި ޤާނޫނޫ ތަސްދީޤު ކުރެއްވުމަކީ ދިވެހި އުއްމަތް ލާއިންސާމީ އަމަލުތަކަށް ތާއަބަދު ނޫނެކޭ ބުނާ ބުނުމާއި އިސްލާމްދީނަށް ކުރާ ލޯތްބާއި އިހްތިރާމް އަމަލީ ގޮތުން ރަމްޒުކޮށްދޭ ތާރީޚީ އަލިގަދަ ދަލީލެއް ކަމަށެވެ.

"ދިވެހި ޤައުމު ކިތަންމެ ކިަންމެ ކުޑަވެ ވަސީލަތްތައް މަދުނަމަވެސް ދިވެހީންނަކީ ލާއިންސާނީ ޢަމަލުތަކުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ ބައެއް ނޫންކަން އަދުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ސާބިތުކޮށް ދެއްވާފަ އެވެ,"

ރައްޔިތުން މިފަދަ ނިންމުމަކަށް އެދި ތިބޭތާ އެތައް އަހަރެއްގެ ފަހުން މި ހިތްވަރުގަދަ ނިންމުން އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި ދެއްވީތީ ބޮޑުފުޅަދޫ ކައުންސިލުން އިޚްލާސްތެރިކަމާއެކު ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެ އެވެ.

މި ނޫންވެސް އެކި ކައުންސިލުތަކުން ދަނީ ރައީސް މުޢިއްޒާއި ސަރުކާރަށް މަރުޚަބާ ކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު