ENGLISH

10 މޭ 2025

Advertisement

ސްޕެޝަލް ކޮންސްޓަބުލަރީ 27 ފުލުހުން ބައިވެރިވާ އަސާސީ ތަމްރީނު ކޯސް ފަށައިފި

16 އޭޕްރީލު 2025

|

އަހުމަދު ސައީދު

ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ އަސާސީ ތަމްރީނު ކޯސް ފެށުމުގެ ރަސްމިއްޔާތު-- ފޮޓޯ/ ޕޮލިސް

ސްޕެޝަލް ކޮންސްޓަބުލަރީ 27 ފުލުހުން ބައިވެރިވާ އަސާސީ ތަމްރީނު ކޯސް ފަށައިފި އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނި ގޮތުގައި މިއީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންގެ 6 ވަނަ އަސާސީ ތަމްރީނު ކޯހެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި މި ކޯސް ފަށާފައިވަނީ މި އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. 

މި ކޯހަކީ ސްޕެޝަލް ކޮންސްޓަބުލަރީ ފުލުހުންނަށް ބޭނުންވާ އަސާސީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.

މި ކޯހުގައި، ފިޒިކަލް ޓްރެއިނިންގ، ޑްރިލް، ބާރުގެ ބޭނުންކުރުމާއި ދިފާއީ އުކުޅުތައް ދަސްކޮށްދޭނެ ކަމަށާއި އަދި ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ އިތުރުން މުއާމަލާތްކުރުމުގެ ހުނަރުތަކާއި ފުލުހުންގެ ސަލާމަތީ ހުނަރުތައް ވެސް މި ކޯހުގެ ތެރެއިން ދަސްކޮށްދޭނެ ކަމަށް ފުލުހުން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު