ENGLISH
10 މޭ 2025
ކްލައިމެޓް ޗޭންޖް ދާއިރާއިން ސްކޮލަޝިޕް ދިނުމުގެ އެއްބަސްވުމެއްގައި އެމްއެންޔޫ އަދި ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފި
16 އޭޕްރީލު 2025
|
ލ. ގަމު ކެމްޕަހުގައި ކުރިއަށްދާ "ބެޗްލަރ އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް" ޕްރޮގްރާމްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ސްކޮލަރޝިޕް ދޫކުރުމާ ގުޅޭ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ސޮއިކޮށްފިއެވެ.
މި ސްކޮލަރޝިޕަކީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ ފަރާތުން ފަންޑުކޮށްގެން ކުރިއަށްގެންދާ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލޭންޑްސް (އެންދެރި) ޕްރޮޖެކްޓްގެ ދަށުން ދޫކުރެވޭ ސްކޮލަރޝިޕެކެވެ.
މިފަދަ ސްކޮލަރޝިޕްތަކަކީ މޫސުމީ ބަދަލުތަކާއި ދިވެހިރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދިރާސާ މެދުވެރިކޮށް، ޙައްލު ހޯދުމުގެ މަގުފަހިކޮއްދިނުމަށް ދޫކުރެވޭ ސްކޮލަރޝިޕްތަކެކެވެ.
މި އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ. އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން އެ ވުޒާރާގެ ޑައިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރު (މީމުޒަވިޔަނި) ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވައިފައެވެ.
ދިރާސާގެ އަލީގައި މުޖުތަމަޢުގައިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ހަރުދަނާ ދިރާސާ މާހައުލެއް ބިނާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު މަޤްސަދެކެވެ.