ENGLISH

19 އޭޕްރީލު 2025

Advertisement

ފްލެޓް ލިސްޓަށް 8،602 ޝަކުވާ ހުށަހެޅި: ހައުސިން މިނިސްޓްރީ

16 އޭޕްރީލު 2025

|

ޢަލީ ޝަހީމް

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ފްލެޓްތައް

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 4،000 ފްލެޓްގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި، ޖުމްލަ 8،602 ޝަކުވާ ލިބިފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. 

ފްލެޓް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެންމެ ފުރަތަމަ ހުޅުވާލީ މާޗް މަހުގެ 1 އިން 30 ގެ ނިޔަލަށެވެ. އެހެންނަމަވެސް ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދުވުމާއި އީދު ބަންދު ދުވަސްތައް އައުމުން، ޝަކުވާ ހުށަހެޅުމުގެ މުއްދަތު އޭޕްރީލް 15 ވަނަ ދުވަހާ ހަމައަށް އިތުރުކުރިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ އެންމެ ގިނައިން ޝަކުވާ ހުށަހެޅީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ޕޯޓަލް މެދުވެރިކޮށް 5،236 ޝަކުވާ ހުށަހެޅިއެވެ. އަދި، އީމެއިލް މެދުވެރިކޮށް 2،840 ޝަކުވާ ހުށަހެޅިއިރު، ސިޓީ މެދުވެރިކޮށް 526 ޝަކުވާ ވަނީ ހުށަހަޅައިފައެވެ. 

އެ ވުޒާރާއިން ބުނީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވާ ޝަކުވާތަކަކީ ހަމައެކަނި ލިސްޓުގެ ތެރެއިން ފްލެޓް ނުލިބޭ މީހުންގެ ޝަކުވާތައް ކަމަށެވެ. އީމެއިލް އަދި ސިޓީ މެދުވެރިކޮށް ހުށަހެޅި ޝަކުވާތަކުގައި ފްލެޓް ނުލިބޭ މީހުންގެ ޝަކުވާ އަދި އާންމު ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތައް ހިމެނޭ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

ފްލެޓް ލިސްޓުގެ ޝަކުވާތައް ލިބުމާއެކު، އެންމެ މުހިއްމު އިސްކަމެއް ދޭނީ ޝަކުވާތައް ރިވިއުކޮށް އަވަހަށް ލިސްޓު އެކުލަވާލުމަށް ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

ސަރުކާރުން މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ވަނީ 4،000 ފްލެޓްގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓް ލިބޭ 1،820 މީހުންގެ ލިސްޓު އާއްމުކޮށްފައެވެ. އެހެންނަމަވެސް ފްލެޓްތައް ރަސްމީކޮށް ހަވާލުކުރާނީ ޝަކުވާތަކަށް ބެލުމަށް ފަހުގައެވެ. 


ކިޔުންތެރިންގެ ހިޔާލު