ENGLISH
26 އޭޕްރީލު 2025
މަނާ ތަންތަނުގައި ސިގިރޭޓްް ބޯ މައްސަލަ ހައްލުކުރަން މަޝްވަރާ ކުރަނީ
16 އޭޕްރީލު 2025
|
ދެ މިނިސްޓަރުން ބޭއްވެވި ބައްދަލްވުން -- ފޮޓޯ: ހެލްތް މިނިސްޓްރީ
ވަކިން ސިގިރޭޓް ވިއްކުމާއި ސިގިރޭޓް ބުއިމަށް ހުއްދަ ނެތް ތަންތަނުގައި ސިގިރޭޓް ބުއިމުގެ ކަންކަން ހުއްޓުމަށް ހެދިފައިވާ ޤާނޫނުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރުގަދަ ކުރުމަށް ހެލްތު މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހީމް އާއި މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާން މަޝަވަރާ ކުރައްވައިފި އެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި ތަންފީޒީ އިދާރާތައް ކަމަށްވާ، މޯލްޑިވްސް ޕޮލިސް ސަރވިސް، މޯލްޑިވސް ކަސްޓަމްސް ސަރވިސް އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ޤާނޫނު ތަންފީޒުކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކަންތަތައްތަކެއް ކުރުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
މި ބައްދަލުވުމުގައި ނިންމީ ވަކިން ސިގިރޭޓް ވިއްކުމާއި، ހުއްދަ ނުދޭ ކެފޭ ރެސްޓޯރަންޓް ތަންތަނުގައި ސިގިރޭޓް/ ޝީޝާ ބުއިމާއި ވޭޕް ބޭނުން ކުރުން ފަދަ ކަންކަން ހުއްޓުވުމަށް ކަމާއި ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރުމަށެވެ.
އަދި ހުރިހާ ފަރާތްތަކުން ވަނީ ގުޅިގެން އެންފޯސްމަންޓް ވަރުގަދަ ކުރުމަށް މަސަައްކަތްތަކެއް ކުރުމަށް ނިންމާފައެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު އަދި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާވެސް ބައިވެރިވަޑައިގެންނެވި އެވެ.