ENGLISH
19 އޭޕްރީލު 2025
ހުޅުމާލެ ފޭސް ދޭއްގައި މިސްކިތެއް އިމާރާތް ކުރަން ހަވާލުކޮށްފި
16 އޭޕްރީލު 2025
|
ހުޅުމާލެ ފޭސް ދޭއްގައި މިސްކިތެއް އިމާރާތް ކުރަން ނިންމުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ހުޅުމާލެ ފޭސް ދޭއް ގައި މިސްކިތެއް އިމާރާތް ކުރުމަށް ހަވާލުކޮށްފި އެވެ.
މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ވެސް އެފަރާތުން ކަމަށް ވަނީ ބުނެފަ އެވެ.
ހުޅުމާލެ ފޭސް 2 ލޮޓު 22386 ގައި އިމާރާތް ކުރާ މި މިސްކިތަކީ 2500 – 3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މިސްކިތް އިމާރާތް ކުރަނީ 18720.79 އަކަފޫޓުގެ ބިމެއްގަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމަން ޖެހެ އެވެ. މި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރާނެ އެވެ.
މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާ އެޗްޑީސީއާ ދެމެދު ވަނީ އެއްބަސްވުން ގާއިމުކޮށްފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ނިމޭނެ އެވެ.