ENGLISH

26 އޭޕްރީލު 2025

Advertisement

ރައީސް މުޢިއްޒު އަބަދުވެސް ވަކާލާތު ކުރައްވާނީ އިސްލާމީ މުޖްތަމަޢުގެ ދިފާޢުގައި: ހަސަން މުފީދު

16 އޭޕްރީލު 2025

|

ޢަލީ ޝާހީން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އބަދުވެސް ވަކާލާތު ކުރައްވާނީ ދިވެހި ލޮބުވެތި ރައްޔިތުންގެ ހައްގުގަ އާއި އިސްލާމީ މުޖްތަމަޢުގެ ދިފާޢުގައި ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހަސަން މުފީދު ވިދާޅުވީ، އިސްރާއިލުގެ ޕާސްޕޯޓު މަނާކުރުމަށް މަޖިލީހުން ފާސްކޮށް ވަގުތުން އެބިލު ތަސްދީގު ކުރެއްވުމުން އެނގިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ހުރި އިޚްލާސްތެރިކަމާއި އެމަނިކުފާނު ދީނަށް ލޯބި ކުރައްވާ މިންވަރު ކަމަށެވެ.

"އަޅުގަނޑު ދަންނަވާނީ ދިވެހި ރާއްޖޭގައި 1965 ގައި ފުރަތަމަ ދިވެހި ރާއްޖެއާ އެކުގައި އިސްރާއިލުން ޚާރިޖީ ސިޔާސަތެއް ޤާއިމުވެގެން ދިޔައީ އޭރުގައި ހަމަ އެމްޑީޕީގެ ސަރުކާރުގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން ތިއްބަވައިގެން، އަދި ހަމައެއާ އެކީގައި 1965 ވަނަ އަހަރު އިސްރާއީލުގެ ސަފީރު ރެއްޖެ ދަތުރުކުރެއްވި. މިހުރިހާ ކަމެއް ހިނގައިގެންދިޔައީ އެމްޑީޕީގެ މިފިކުރަށް ލޯބިކުރައްވާ މީހުން ތިއްބަވައިގެން،" ހަސަން މުފީދު ވިދާޅުވިއެވެ.

މުފީދު ވިދާޅުވީ، 21 މާއްދާ ހިމެނޭ އެއްބަސްވުމެއްގައި އެމްޑީޕީން އިސްރާއީލާއެކީގައި ވަނީ ސޮއިކޮށްފައި ކަމަށާ އަދި މިކަމުގެ ތެރޭގައި ރާއްޖޭގެ ތައުލީމީ ނިޒާމު އިސްރާއީލުގެ ސިފަތަކަށް ބައްޓަންކުރުމަށް މަސައްކަތްތަކެއް ކުރެވިގެން ދިޔަަ ކަމަށެވެ. އަދި ހަމަ އެއާ އެކީގައި ރާއްޖޭގެ ރައްޔިތުންނާއި ކުޑަކުދިން އިސްރާއިލަށް އޮތް ނަފުރަތު ލޯތްބަށް ބަދަލުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިކަން އެއީ ފެންނަން އޮތް ހަގީގަތް ކަމަށް މުފީދު ވިދާޅުވިއެވެ.

މީގެ އިތުރުން މުފީދު ވިދާޅުވީ، މިއަދުގެ ސަރުކާރުގެ ވިސްނުމަކީ ހެޔޮ ފިކުރަށް ލޯބިކުރާ ހެޔޮ ތަރުބިއްޔަތުގެ ތެރެއަށް ދަރިންތައް ނެރުން ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީން ބޭނުންވަނީ ކޮންމެ ކަމެއްގައި ވެސް ސިޔާސީ ކްރެޑިޓް ނަގަން ކަމަށް މުފީދު ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ތާރީޚުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅު ލިޔެވިގެން ދާނީ އިސްލާމް ދީނަށް ލޯބިކުރާ ފަލަސްތީނަށް ނަސްރުދިނުމަށް ގަދަ އަޑުން އަޑު އުފުއްލަވާ އަދި އަމަލުފުޅު ބަހައްޓަވާ ބޭފުޅެއްގެ ގޮތުގައި ކަމަށް މުފީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު