ENGLISH

26 އޭޕްރީލު 2025

Advertisement

ތިން ގައުމަކަށް ކަނޑައެޅި ނޮން ރެސިޑެންޓް ސަފީރުންނަށް ރުހުންދީފި

16 އޭޕްރީލު 2025

|

އައިޝަތު ނަޖާ

ދިވެހިރާއްޖެއިން ތިން ގައުމަކަށް ކަނޑައެޅި ނޮން-ރެސިޑެންޓް ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ރައީސް ޑރ.މުހައްމަދު މުޢިއްޒު ފޮނުއްވި ނަަންތައް މަޖިލީހުގެ ތަޅުމުގައި އިއްވާ ދިރާސާކުރަން ކޮމިޓީއަށް ފޮނުވީ މިދިޔަ ހޯމަ ދުވަހުއެވެ.

އެގޮތުން ސްވިޑަންއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ޖަރުމަނަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރު އައްޔަން ކުރަން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުންެނެވެ.

އަދި ސީޝެލްސްއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު އައްޔަންކުރަން ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

އޮސްޓްރިއާއަށް ކަނޑައަޅާ ނޮން ރެސިޑެންޓް ސަފީރުކަމަށް ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަަށް ރާއްޖެއިން ކަނޑުއަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އައްޔަންކުރަން ފާސްވީ ވެސް ހަމަ ވޯޓުގައި ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު