ENGLISH
03 ޖުލައި 2025
ކުރީ ސަރުކާރުން އެއްވެސް އާސާރީ ތަނެއް ބަލަހައްޓާފައި ނުވޭ: މިނިސްޓަރ
16 އޭޕްރީލު 2025
|
މިނިސްޓަރ އާދަމް ނަސީރު އިބްރާހިމް- ފޮޓޯ؛ ޕީއެސްއެމް
ކުރީ ސަރުކާރުން އެެއްވެސް އާސާރީ ތަނެއް ބަލަހައްޓާފައި ނުވާކަމަށް ދިވެހި ސަގާފަތާއި ތަރިކައާއި ބެހޭ މިނިސްޓަރ އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވެފައި ވަނީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މެމްބަރު ކުރެއްވި ސުވާލުގައި ފުވައްމުލަކުގައި ހުރި އާސާރީ ތަންތަން ދިރާސާކޮށް އެތަންތަން ރަނގަޅު ކުރުމަށްޓަކައި ކުރީ ސަރުކާރުން ކޮށްފައި ވަނީ ކޮން މަސައްކަތްތަކެއްތޯ އައްްސްވާފައިވެއެވެ. އޭގެ އިތުރުން މި ސަރުކާރުން ކުރަމުން އަންނަނީ ކޮން މަސައްކަތްތަކެއްތޯ ވެސް މެމްބަރު ސުވާލުކުރެއްވިއެވެ.
މި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ،ފުވައްމަލުކު ސިޓީގައި ހުރި އާސާރީ ތަންތަނާއި އަދި އެ ނޫންވެސް ބައެއް ތަންތަނަށް ކުރީ ސަރުކާރުން އެއްވެސް ކަމެއް ކުރައްވާފާއި ނުވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ، އެއްވެސް އިންގިލާބީ ބަދަލެއް ގެނެވިފައި ނުވާކަމަށެވެ.
"ހަގީގަތުގައި ބޮޑެތި ބަދަލު އިންގިލާބީ، އެއްވެސް ބަދަލެއް ގެނެވިފައި ނުވޭ. ދެމެހެއްޓިފައި ވެސް ނުވޭ، މިސްކިތްތައް މަރާމާތު ވެސް ކޮށްފައި ނުވޭ. މަރާމާތު ކުުރުމަށް ދެވިފައިވާ ލަފާގެ ސަބަބުން ގެއްލުންތަކެއް ވެސް ލިބިފައިވޭ" މިނިސްޓަރ އާދަމް ނަސީރު ވިދާޅުވިއެވެ.
ފުވައްމުލަކުގައި ހުރި އާސާރީ ތަންތަން ބެލެހެއްޓުމުގައި ކުރީ ސަރުކާރުން އިހުމާލުވެފައިވާކަމަށާއި އެ ތަންތަން ހެދުމުގައި ލަފާ ދެއްވި ގޮތުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން މިކަންކަން ހައްލުކުރުމަށް މި ސަރުކާރުގެ ސިޔާސަތުގެ ދަށުން ތަނުގެ އަސްލު ނުގެއްލޭ ގޮތަށް ދެމެހެއްޓެނިވި ގޮތަށް ތަންތަން ބަލަހައްޓައި އާބާތުރަފިލުވުމުގެ މަސައްކަތް ފަށާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭގެއިތުރުން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ތެރެއިން އެތަންތަނަށް މީހުންގެ ހިތްޖެހި، އެތަންތަނަށް އިސްކަންދޭނެ ގޮތަށް ތަންތަން ބައްޓަންކުރުމަށް ސަރުކާރުން ވިސްނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެކަންކަންް ކުރުމުގެ ސަބަބުން ތަރިކަ ރައްކާތެރި ކުރެވޭނެކަމަށާއި އަދި ތަރިކަ ދެމެހެއްޓޭނެކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ދިވެހިންގެ ދިިރިއުޅުމަކީ ތަރިކާއި ގުޅިފައިވާ ދިރިއުޅުމަކަށްވެ، ދިވެހިންނަކީ ތަރިކައާއެކު ދިރިއުޅޭ ބަޔަކަށް ވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.