ENGLISH
26 އޭޕްރީލު 2025
އިސްރާއީލާ ގާތްގުޅުން ދަމަހައްޓާފައިވަނީ އެމްޑީޕީގެ ސަރުކާރުން: އިބްރާހިމް ދީދީ
16 އޭޕްރީލު 2025
|
ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ، ފޮޓޯ: އެމްއެމްޓީވީ
އިސްރާއީލާ ގާތްގުޅުން ދަމަހައްޓާފައިވަނީ އެމްޑީޕީގެ ސަރުކާރުންކަމަށް ފޭދޫދާއިރާގެ މެމްބަރު އިބްރާހިމް ދީދި ވިދާޅުވެއްޖެއެވެ.
އެމްއެމް ޓިވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، އިސްރާއީލަކީ ގައުމެއެްގެ ގޮތުގައި ބަލައި އަދި އިސްރާއީލުގެ ފްލައިޓްތަށް ރާއްޖެގެނައުމަށްވެސް މަސައްކަތްކުރީ އެމްޑީޕީގެ ސަރުކާރުންކަމަށާއި އަދި އެކިއެކި ގުޅުންބާއްވާ މެޑިކަލް ކޭމްޕްތައް ހިންގުމަށް މަސައްކަތްކުރީވެސް އެމްޑީޕީގެ ސަރުކާރުންކަމަށެެވެ.
އިބްރާހިމް ދީދީ ވިދާޅުވީ، މިދައުރުގައިވެސް އިސްރާއީލަށް ހުރިހާ ހަތިޔާރެއް ފޯރުކޮށްދީ އިޒްރޭލަށް އެންމެބޮޑަށް ހިތްވަރުދި އެމީހުން ލައްވާ އަނިޔާވެރި އަމަލުތައް ހިންގާ ގައުމަށް ކެމްޕެއިން ކޮށްދޭން އެމްޑީޕީގެ ޕާލިމެންޓް ގުރޫޕެއް ގޮސްފައިވާކަމަށެވެ. އަދި އެމްޑީޕީގައި އަދުގެ ސަރުކާރުން ނެގި ސްޓޭޏްޑަށް ތާއީދު ކުރާ ބޭފުޅުން ތިބިނަމަވެސް އެމްޑީޕީގެ ލީޑާޝިޕުގައި އިހްލާސްތެރިކަމެއްނެތްކަމަށް އިބްރާހިމް ދީދީ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދިވެހި ރާއްޖޭގައި އޮތީ ވަރަށް ނާޒުކު އިޤްތިސާދެއްކަމަށާއި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް މިކަންކަމާމެދު މަޝްވަރާތައްކުރެވުނުކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ މި ސްޓޭންޑް ނަންގަވާފައިވަނީ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ގެއްލުން ކުޑަވާނީ ކޮންގޮތަކަށްތޯ ބައްލަވައި އެހެން ޤައުމުތަކުގެ ވެރިންނާއި އަދި އެކިއެކި ފަރާތްތަކާ މަޝްވަރާކުރެއްވުމަށްފަހު ކަމަށްވެސް އައިބީ ވިދާޅުވިއެވެ.
" މިއީ ދުނިޔޭގެ ޤައުމެއްގެ ނިސްބަތުން އަނެއް ޤައުމަކާއި ދޭތެރޭ އަޅާނެ އެންމެ ހަރުކަށި ފިޔަވަޅަކީ މިއީ. އިސްރާއީލާ ގާތްގުޅުން ދަމަހައްޓާފައިވަނީ އެމްޑީޕީގެ ސަރުކާރުން. ޑިޕްލޮމެޓިކް ދާއިރާއިން އަޅާ އެންމެ ހަރުކަށި ފިޔަވަޅު މިއީ. އެއީ އެގައުމުގެ ރައްޔިތުންނަށް އަނެއް ގައުމަށް ނާދެވޭގޮތަށް ޕާސްޕޯޓް މަނާކުރުން. އެހެންވީމަ މިއަދުން ފެށިގެން އިސްރާއީލު ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް ދެން ދަތުރެއް ނުކުރެވޭނެ،" އިބްރާހިމް ދީދީ ވިދާޅުވިއެވެ.
މިދިޔަ ދައުރުގައިވެސް އަދި އޭގެ ކުރީ ދައުރުތަކުގައިވެސް އެބޭފުޅުންނަށް މިފުރުސަތުތަށް ލިބުނުއިރު އެމްޑީޕީން މަސައްކަތްކޮށްފައިވަނީ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ކަމަށެވެ.
އެމްއެމް ޓިވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި މެންބަރު އިބްރާހިމް ދީދީގެ އިތުރުން ބައިވެރިވެވަޑައިގެންނެވި މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ ހަގީގަތުގައި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އަކީ ދީނަށް ވަރަށް ލޯބިކުރަށްވާ ހަގީގަތުގައިވެސް ހަމަހަމަކަން ގެނެސްދިނުމަށް ވަރަށް މަސައްކަތްކުރައްވާ ރައީސެއްކަމަށެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އިމިގްރޭޝަނުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ގެނައި އިސްލާހު، މަޖިލީހުން އެ އިސްލާހު ފާސްކުރިތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވާފައިވެއެވެ.
އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލީހުން ފާސްކޮށްފައި މި ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލަތަކާއި ގުޅިގެންނެވެ. އެ ހަމަލާތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން އަންނަނީ ދުނިޔެއަށް ގޮވާލަމުންނެވެ.