ENGLISH

16 އޭޕްރީލު 2025

Advertisement

ވެކޭޝަން އެކްސްޕޯ 2025 އިން އުމްރާ ދަތުރެއްގެ ފުރުސަރު!

16 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ޓްރެވަލް އަދި ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް އިވެންޓް ކަމަށްވާ ވެކޭޝަން އެކްސްޕޯ 2025 އަށް ޒިޔާރަތްކޮށްގެން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭނެކަމަށް އެ އެކްސްޕޯ އިންތިޒާމުކުރާ ހައިރައިޒް ކުންފުނިން މައުލޫމާތު ދީފިއެވެ. 

މި އެކްސްޕޯ ކުރިއަށްދާނީ އޭޕްރީލް 17 އިން 20 ވަނަ ދުވަހާ ދެމެދު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

 މީގެއިތުރުންވެސް، ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވާ 40 އެގްޒިބިޓަރުންގެ ސްޓޯލްތަކުން، ކޮންމެ ދުވަހަކުވެސް އެކި އިނާމުތަކާއި ހާއްސަ ޕެކޭޖުތައް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެ އެވެ.

މީގެ ތެރޭގައި، އެގްޒިބިޓަރުން ހާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ދޭނެ އެވެ.

އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ދާއިރާ ތަކަށް ބަލާއިރު ޓޫރިސްޓު ހޮޓާތަކާއި ގެސްޓްހައުސްތައް، އެއާލައިންތައް،  ޓްރެވަލް އެޖެންޓުން، ސަރުކާރުގެ އިދާރާތައް، ބޭރުގެ ގައުމުތަކުގެ އެމްބަސީތައް، މޫދު ކުޅިވަރުގެ ވިޔަފާރިތައް އަދި، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް ހިމެނެއެވެ.

ހާއްސަ ޕެކޭޖުތަކުގެ އިތުރުން، ޗުއްޓީ ދިޔުމާއި އެހެން ބޭނުންތަކަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކަށް އެއްތަނަކުން ހައްލުތައް ލިބި، އެންމެ ފަހުގެ ޓްރެންޑުތަކާއި ޓްރެވަލް ޓިޕްސް ވެސް މި ސްޓޯލްތަކުން ލިބިގެންދާނެ އެވެ.

މިއަހަރުގެ އެކްސްޕޯގެ މައި ސްޕޮންސަރަކީ އޭސް ޓްރެވަލްސް މޯލްޑިވްސްއެވެ. އަދި އިންނަރ މޯލްޑިވްސް، އޭސް އޭވިއޭޝަން ސަރވިސަސް އަދި ވޮޔޭޖަސް މޯލްޑިވްސް ކޯ-ސްޕޮންސަރުންގެ ގޮތުގައި ބައިވެރިވެއެވެ.

ވެކޭޝަންސް އެކްސްޕޯއަކީ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ބެލެވެއެވެ. މިއަހަރުގެ މި އިވެންޓުގައި އިންޑަސްޓްރީގެ އެކި ފަންނުވެރިން އެއްތަނަކަށް ގެނެސް، ނެޓްވޯކިންގގެ އަގުހުރި ފުރުޞަތުތަކާއި، އެންމެ ފަހުގެ ޓްރެވަލް ޓްރެންޑްތަކާ ބެހޭ ގޮތުން މަޢުލޫމާތު ލިބޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު