ENGLISH
15 މޭ 2026
މަޒުމޫނާއި ވާހަކަ ލިޔުމާއި ޅެންހެދުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި
15 މޭ 2026
|
ސުކޫލް ދަރިވަރުންތަކެއް
އެންމެ މަޤްބޫލު
ދިވެހިބަހުގެ އެކެޑަމީން ބާއްވާ މިއަހަރު ބާއްވާ އަދަބީ ބައެއް މުބާރާތްތަކުގައި ބައިވެރިވާން ހުޅުވާލައިފި އެވެ. ބައިވެރިވާން މިއަދު ހުޅުވާލި އަދަބީ މުބަރާތްތަކަކީ، އަލްއުސްތާޒު މުޙައްމަދު ޖަމީލު ދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ މަޒުމޫނު ލިޔުމުގެ 41ވަނަ ގައުމީ މުބާރާތާއި އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނުގެ ވާދައިގެން ތަށްޓަށް ބާއްވާ ކުރުވާހަކަ ލިޔުމުގެ 38ވަނަ ގައުމީ މުބާރާތާއި ހުތް ޢަލިދީދީގެ ވާދައިގެ ތަށްޓަށް ބާއްވާ ޅެންހެދުމުގެ 29ވަނަ ގައުމީ މުބާރާތެވެ.
މި މުބާރާތްތައް ބެހިފައި ވަނީ ދެ ބަޔަށެވެ. އެއީ،
– ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3 – ގުރޭޑު 7، 8)
– ސާނަވީ ގިންތި (ކީ ސްޓޭޖް 4 – ގުރޭޑު 9، 10)
– މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5 – ގުރޭޑު 11، 12)
– 18 އަހަރުން ދަށުގެ އުމުރުފުރާ
– 18 އަހަރުން މަތީގެ އުމުރުފުރާ
މި މުބާރާތްތަކުގައި ބައިވެރިވާން ހުށަހަޅާނީ ގޫގުލް ފޯމު މެދުވެރިކޮށެވެ. މުބާރާތްތަކުގައި ބައިވެރިވުމުގެ ސުންގަޑިތަކަކީ:
ފޯމު ފުރިހަމަނުވާ ނަމަ ނުވަތަ ފޯމާ އެކު ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަ ނުކޮށް ހުށަހަޅައިފައިވާ ފޯމުތައް ބަލައެއްނުގަންނާނެ އެވެ.
މި މުބާރާތްތައް އޮންނާނީ ޖޫން މަހުގެ 20 ވާ ހޮނިހިރު ދުވަހު އެވެ. މުބާރާތްތައް އޮންނާނެ ތަނާއި ވަގުތެއް މުބާރާތުގައި ބައިވެރިވާ ސްކޫލުތަކަށާއި އަމިއްލަ ފަރާތްތަކަށް، މުބާރާތް ބޭއްވުމުގެ ފަސް ދުވަސް ކުރިން އަންގާނެ އެވެ.
މި މުބާރާތްތަކުގެ ގަވާއިދާއި ބައިވެރިވާން އެދޭ ފޯމާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް ދިވެހި ބަހުގެ އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.