ENGLISH

15 މޭ 2026

Advertisement

ރައީސް މުއިއްޒު ޔާމީނަށް: ތަރައްގީ ގެނަޔަސް އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން

15 މޭ 2026

|

އައިމިނަތު ޝަފާ

ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކިތަންމެ ވަރަކަށް ގައުމު ތަރައްގީކުރިޔަސް، ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ ކުރީގައި ވެގެންދިޔަ ކަންކަމަކީ ނުވާ ކަމެއްގެ ގޮތުގައި ނުހެދޭނެކަމަށާއި މާޒީގެ ސަފުހާތައް ނިއުޅާލައި ބަލާލުމުން ވެރިކަން ކުރެއްވި ބޭފުޅުންގެ ހަގީގަތް ހުރީ ފެންނަން ކަމަށެވެ. މީގެ ކުރިން މީހަކު ކިރިޔާ އެއްޗެއް ބުނާއިރަށް ޖަލަށްލީ ދުވަސް ވެސް ދިޔަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ތަރައްގީގެ މަޝްރޫއުތައް ވަރަށް ގިނައިން ހިންގި، އަޅުގަނޑު މިއީ އޭގެ އެންމެ ބޮޑު ޒިންމާއެއް ހަވާލުކޮށްފައި ހުރި އެކަކު. ދެން މިތާ އެބަތިބި ބައެއް ވަޒީރުން އެ ޒިންމާގައި ބައިވަރު އިހުލާސްތެރި މަސައްކަތްކުރެއްވި. އެކަމަކު ތަރައްގީކުރިޔަސް، ގައުމުގައި އޮތީ ކޮރަޕްޝަނާއި އަނިޔާވެރިކަން. ސިޔާސީ ހުރިހާ އެންމެން ޖަލުގައި. އެއީ ގައުމުވެސް ފެންނަން ހުރި ހަގީގަތް. އެހެންވީމާ ޓްރެކް ރެކޯޑު މިއޮތީ ވަރަށް ސާފުކޮށް ޑިސްޕްލޭ ވެފައި،"، ރައީސް ވިދާޅުވި އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރަން މި ސަރުކާރު އޮތީ ވަރަށް އެކުވެރިކަމާއެކު، ވަރަށް ބަދަހިކަމާއެކު ކަމަށާއި ކޮރަޕްޝަންގެ އަމަލު ހިންގަން ހިތަށް އަރާ ބޭފުޅަކު ވިޔަސް، ގާތުގައި ބަަސްކިޔަން ހުންނަވަން ހައްދަވާނެ ކަމެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު