ENGLISH
16 އޭޕްރީލު 2025
ހަވީރު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކާއި ބޮޑު މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެނީ
15 އޭޕްރީލު 2025
|
މާލެ-ހުޅުމާލެ ހައިވޭގައި ކުރިން އެކްސިޑެންޓެއް ހިނގި ސީން: މިއަދު ހަވީރު އެކްސިޑެން ހިނގީ ސީޕްލޭން ޓާމިނަލުން ނުކުތް ވޭނަކާއި ސައިކަލެއް ޖެހިގެން-- ފޮޓޯ/ވޮއިސް
މިއަދު ހަވީރު މާލެ-ހުޅުމާލެ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހަ އަހަރުގެ އަަންހެން Uo ކުއްޖަކާއި ސައިކަލު ދުއްވަން އިން މީހާއަށް ހުޅުމާލޭގެ ދެ ހޮސްޕިޓެލްގައި ފަރުވާ ދެމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ދާއި ދެންމެ އަކު ބުނެފި އެވެ.
މި އެކްސިޑެންޓުގައި ކުޑަކުއްޖާ އާއި ބޮޑު މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ ކުޑަކުއްޖާއަށް ޓްރީޓޮޕް ހޮސްޕިޓަލުގައި އަދި ބޮޑު މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ބޮޑު މީހަކީ ކޮން ޖިންސެއްގެ މީހެއް ކަމެއް ފުލުހުން ނުބުނެއެވެ.
ފުލުން ބުނި ގޮތުގައި މި އެކްސިޑެންޓް ފުލުހަށް ރިޕޯޓްކުރީ ހަވިރު 17:53 ގައި އެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ސީޕްލެން ޓާމިނަލުން ނުކުތް ވޭނަކާއި ހައިވޭއިން ދިޔަ ސައިކަލެއް ޖެހިގެންނެވެ. ފުލުހުން ބުނީ މި އެކްސިޑެންޓް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.