ENGLISH
18 އޭޕްރީލު 2025
ކުޑަކުއްޖަކަށް ބަރަހަނާ ފޮޓޯ ފޮނުވާ ޖިންސީ ގުނަވަން ދެއްކި މައްސަލަ: ހެއްކެއް ނެތް
15 އޭޕްރީލު 2025
|
ފުލުހުންގެ ތަހުޤީޤީ އިދާރާ -- ފޮޓޯ: އެމްއެމްޓީވީ
އުމުރުން 14 އަހަރުގެ ކުއްޖަކަށް ބަރަހަނާ ފޮޓޯ ފޮނުވާ ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ މައްސަލާ ގައި އެކަށީގެންވާ ހެއްކެއް ލިބިފައި ނުވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
މި ހާދިސާ ހިނގި ކަމަށް ވަނީ ސައުތު ސެންޓްރަލް ޕޮލިސް (މ, ފ, ދ, ތ, ލ) ގައި ހިމެނޭ ރަށެއްގަ އެވެ. މި މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައި ވަނީ 2022 ވަނަ އަަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުޤީޤު ގައި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާގެ ފޯނާއި ލެޕްޓޮޕް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ފޮރެންސިކް ތަޙުލީލު ގެނެސް ފޮރިންސިކް ތަޙުލީލުކޮށް އަދި ހަ މީހެއްގެ ބަޔާނާއި ހެކިބަސް އަދި ދެ މީހެއްގެ ބަޔާން ނަގާފައިވާ ކަމަށެވެ.
މި ތަޙުލީލުންނާއި ބަޔާންތަކުން ކުއްޖާ ބުނާ ބުނުން ފިޔަވާ މައްސަލައާ ގުޅުން ހުރި އަދި ކުރާ ތުހުމަތުތަކަށް ބާރުލިބޭ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ތުހުމަތު ކުރެވޭ މީހާ ކުއްޖާގެ ފޯނަށް ފޮނުވާފައިވާ ކަމަށް ބުނާ މެސެޖުތަކާއި މެސެޖުތަކާއި ގުޅުން ހުރި އެއްވެސް އެއްޗެއް އެ ކުއްޖާގެ ފޯނަށް ފޮރެންސިކް ތަޙުލީލުތަކުން ފެންނަން ނެތް ކަމަށެވެ.
މި މައްސަލަ ތަޙުޤީޤުކޮށް އޭޕްރީލް 12, 2022 ގައި ޕީޖީގެ މަޝްވަރާއަށް ފޮނުވުމުން ބައެއް އިސްލާޙުތައް ގެނައުމަށް ޕީޖީން އެދިފައިވާ ކަމަށާ ނަމަވެސް އެ އިސްލާޙުތައް, މައްސަލަ ހުށައެޅި ފަރާތުން އެއްބާރުލުން ނުލިބުމުން މިހާތަނަށް ނިމިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަޙުޤީޤު ފުރިހަމަ ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.