ENGLISH
08 ޖުލައި 2025
އެޗްޑީސީގެ ބޯޑަށް ޠަޢާމު އައްޔަނު ކުރައްވައިފި
15 އޭޕްރީލު 2025
|
އިބްރާހިމް ޠަޢާމު މުޙައްމަދު -- ފޮޓޯ: މިނިސްޓްރީ
ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕީސީބީން މިއަދު ބުނީ އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަޤާމަށް މ. ބްލޫނައިލް، އިބްރާހިމް ޠަޢާމު މުޙައްމަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
ޠަޢާމު މިހާތަނަށް ހުންނެވީ ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.
އެޗްޑީސީގެ ހިންގުން ހަރުދަނާކޮށް ކުންފުނީގެ ޙާލަތު ރަނގަޅު ކުރުމަށް އެ ކުންފުނީގެ އެންމެ އިސް މަޤާމުތަކަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. ސަރުކާރުން ވަނީ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ތިއްބަވައިގެން ދައުލަތާއި ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަދި ޤާނޫނާއި ޚިލާފު އެއްވެސް ކަމެއް ކުރުމަށް އެެއްވެސް މީހަކަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.