ENGLISH
08 ޖުލައި 2025
ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި، އަންނަ މަހު ވޭމަންޑޫގައި ފަށާނެ
15 އޭޕްރީލު 2025
|
ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފެށުން -- ފޮޓޯ: ވެލިދޫ ހެލްތް ސެންޓަރު
ނ. ވެލިދޫގައި ޑައިލިސިސްގެ ޚިދުމަތް ފަށައިފި އެވެ.
ވެލިދޫ ސިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ ޑައިލިސިސް ސެންޓަރުގެ މަސައްކަތް ނިންމާ މިއަދު ވަނީ ރަސްމީކޮށް ޚިދުމަތް ފަށާފަ އެެވެ. ޚިދުމަތް ފެށުމުގެ ގޮތުން ދެ މީހަކު ވަނީ ޑައިލިސިސް ހަދާފަ އެވެ.
ވެލިދޫ ޑައިލިސިސް ސެންޓަރުގައި އެއް ފަހަރާ ތިން މީހުންނަށް ޚިދުމަތް ދެވޭނެ އެވެ. އެ ރަށުގައި މި ޚިދުމަތް ފެށުމާ އެކު ވެލިދޫ އާއި މުޅި ނޫނު އަތޮޅުގައިވެސް އެ ޚިދުމަތް ހޯދާ މީހުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.
ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ޑައިލިސިސް ސެންޓަރުތައް ޤާއިމު ކުރުމަށް ސަރުކާރުން ދަނީ ވަރަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. މިހާތަނަށް 15 ރަށަކުން އެ ޚިދުމަތް ދެވޭނެ އިންތިޒާމު ވަނީ ޤާއިމު ކޮށްފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުތެރޭ އިތުރު ނުވަ ރަށެއްގައި މި ޚިދުމަތް ފެށުމެވެ. ދެން އެންމެ އަވަހަށް މި ޚިދުމަތް ފެށޭނީ ތ އަތޮޅުގަ އެވެ. އެ ގޮތުން ތ. ވޭމަންޑޫ ގައި އަންނަ މަހު ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ދަނީ ތައްޔާރު ވަމުންނެވެ.
ރާއްޖޭގައި ކިޑްނީ ބަލީގެ މީހުންްގެ އަދަދު ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ. ކިޑްނީ ފެއިލްވުމުން އެކަމަށް ދާއިމީ ފަރުވާއެއް ލިބެންދެން އޮތް ޙައްލަކީ ޑައިލިސިސް ހެދުމެވެ.