ENGLISH
08 ޖުލައި 2025
ނުކުޅެދުންތެރިކަން ހުންނަ މީހުން އެއްހަމައެއްގައި ބައިވެރިކުރުމަށް އެކުލަވާލާ ގައުމީ އެކްޝަން ޕްލޭން ނިންމުމުގެ ވޯކްޝޮޕް ފަށައިފި
15 އޭޕްރީލު 2025
|
ނުކުޅެދުންތެރިކަން ހުންނަ މީހުން އެއްހަމައެއްގައި ބައިވެރިކުރުމަށް ގައުމީ އެކްޝަން ޕްލޭން އެކުލަވާލާ ވޯކްޝޮޕްގެ ބައިވެރިން-- ފޮޓޯ/ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
ނުކުޅެދުންތެރިކަން ހުންނަ މީހުން އެއްހަމައެއްގައި ބައިވެރިކުރުމަށް ގައުމީ އެކްޝަން ޕްލޭން އެކުލަވާލުމުގެ ފަހުގެ ވޯކްޝޮފް މިއަދު ފަށައިފިއެވެ.
މިއީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ޔޫއެންޑީޕީއާ ގުޅިގެން ކުރިއަށް އޮތް 5 އަހަރު ދުވަހަށް އެކުލަވާލާ އެކްޝަން ޕްލެނެކެވެ.
މިއަދާއި މާދަމާ ކުރިއަށްދާ މި ވޯކްޝޮޕްގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ސިއްހީ ދުޅަހެޔޮކަމާއި، ތަޢުލީމާއި، ވަޒީފާއާއި، އެކްސެސިބިލިޓީގެ އިތުރުން، ހަމަހަމަކަމާއެކު މި ފަރާތްތައް ވެސް ކަންކަމުގައި ޝާމިލުކޮށްގެން ކުރިއަށްދާނެ ގޮތުގެ އެކްޝަން ޕްލޭން ތަންފީޒުކުރެވިގެން ދާނެއެވެ.
ހަމައެހެންމެ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 2025 ވަނަ އަހަރާއި 2029 ވަނަ އަހަރާއި ހަމައަށް ހިންގޭނެ ހަރަކާތްތަކާއި، މި ހަރަކާތްތައް ހިންގޭނެ ދާއިރާތައް ވެސް މި ވޯކްޝޮޕްގެ ތެރެއިން ކަނޑައެޅިގެންދާނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އެހެން ފަރާތްތަކެކޭ އެއްފަދައިން، އެއްހަމައެއްގައި ހައްގުތައް ކަށަވަރުކޮށްދިނުމުގެެ މަގުސަދުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ އެކި ޖަމިއްޔާތަކާއި، އަމިއްލަ ކުންފުނިތަކާއި، ސަރުކާރުގެ އެކި އިދާރާތަކުގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުން ވެސް ބައިވެރިވެއެވެ.