ENGLISH

08 ޖުލައި 2025

Advertisement

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މަސަތްކަތްތެރިކަމާ ފަންނީ ތަމްރީނުގެ 50 ސްކޮލަރޝިޕް

15 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

މާލެ ސިޓީ ކައުންސިލްގެ ފަރާތުން މަސަތްކަތްތެރިކަމާއި ފަންނީ ތަމްރީނުގެ 50 ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލްއާއި، ސްޓްރޯންގް ސިޓީޒް ނެޓްވޯކްގެ އޭޝިއާ ޕެސިފިކް ރީޖަންއާއި ގުޅިގެން ހުޅުވައިލި މި 50 ސްކޮލަރޝިޕް ފުރުޞަތުތައް ހުޅުވާލާފައިވަނީ މައިގަނޑު ހަ ދާއިރާއަކުންނެވެ. 

މާލެ ސިޓީ ކައުންސިލުން ގެޒެޓުކޮށްފައިވާ އިއުލާނެއްގައި ވާ ގޮތުގައި ސްކޮލަރޝިޕް ފުރުޞަތުތައް ހުޅުވާލާފައިވަނީ، ހެލްތު ކެއަރް އެންޑް ސޯޝަލް ކެއަރް، ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގް، ޓީޗަރސް އެންޑް އެޑިއުކޭޝަން ޕްރޮފެޝަނަލްސް، އައިޓީ އެންޑް ޑިޖިޓަލް ޕްރޮފެޝަންސް، ރީޓެއިލް، ހޮސްޕިޓަލިޓީ އެންޑް ކަސްޓަމަރ ސާވިސް އަދި އެގްރިކަލްޗަރގެ ދާއިރާއިންނެވެ. 

ޕާކިސްތާނުގައި ކުރިޔަށްދާނެ މި ސްކޮލަރޝިޕްގެ ދަށުން މާލެ- ޕާކިސްތާން ޓްރެވަލް ދަތުރު ޚަރަދު، ހުރުމާއި ކެއުން އަދި ކޯސް ފީ އިނާޔަށް ލިބޭނެއެވެ.

ތަމްރީންތަށް ހަދަން ބޭނުންވާ ފަރާޓްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގައި:

  • މާލެ ސިޓީގެ ރަށްވެހިވެފައިވާ ފަރާތެއްކަމުގައި ވުން
  • އުމުރުން 18 އަހަރާ 35 އަހަރުގެ ޒުވާނުން ( އުމުރު ކަލްކިޔުލޭޓް ކުރުމުގައި ބަލާނީ 1 އެޕްރީލް 2025 )
  • ގްރޭޑް 10 އާއި ހަމައަށް ތަޢުލީމް ޙާޞިލްކޮށްފައިވުން.
  • އިގިރޭސިބަހުން ޢާއްމު ލިޔެކިއުމާއި، ވާހަކަދެއްކުމާއި ދޭހަވުމުގެ ހުނަރުތައް ލިބިފައިވުން (ކިޔަވައިދޭނީ އިގިރޭސި ބަހުން)

މި  ފުރުޞަތުތަކަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޭޕްރީލް 2025 ވާ އާދީއްތަ ދުވަހުގެ 14:00 އެވެ. ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެކު އިންޓަވިއު ބޭއްވުމަށްފަހު، 25 އޭޕްރީލް 2025 ގެ ކުރިން ހޮވޭ 50 ފަރާތުގެ ނަންތައް ސްކޮލާޝިޕް ދޭ ފަރާތަށް ފޮނުވޭނެއެވެ

ކިޔުންތެރިންގެ ހިޔާލު