ENGLISH

16 އޭޕްރީލު 2025

Advertisement

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް ވަނުން މަނާކުރާ ބިލު ފާސްކޮށްފި

15 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް، ފޮޓޯ: މަޖިލިސް

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރާ ބިލު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އިސްލާހުކުރި ގޮތަށް މަޖިލީހުގެ ތަޅުމުން ފާސްކޮށްފިއެވެ. 

މިއަދު މަޖިލީހުގައި އެ ބިލާމެދު ކޮމިޓީން ނިންމި ނިންމުމާމެދު ނެގި ވޯޓުގައި 83 މެންބަރުން އެ ބިލު ފާސްކުރަން ފެންނަ ކަމަށް ވޯޓުދެއްވިއެވެ. އެއްވެސް މެންބަރަކު ބިލާ ދެކޮޅަށް ވޯޓު ދެއްވާފަައިނުވެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު ނަސީމު ހުށަހެޅުއްވި  އިސްލާހު މަޖިލީހުން ފާސްކުރިއިރު އެ އިސްލާހުގައި ހިމެނޭ އިސްރާއީލު ޕާސްޕޯޓާއެކު އެހެން ގައުމެއްގެ ޕާސްޕޯޓެއް ގެންގުޅޭ މީހުންނަށް ރާއްޖެއަށް އެތެރެނުވެވޭ ގޮތަށް އޮތް  ބައި އުނިކޮށްފައިވެއެވެ. 

އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރަން އިމިގްރޭޝަން ގާނޫނު ބަދަލުކުރަން ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މިއަދު ފާސްކުރި ބިލުގައި ބުނަނީ އިޒްރޭލު ޕާސްޕޯޓު ހުށަހަޅައިގެން ރާއްޖެ އަންނަން ހުށަހަޅާ މީހުނަށް ދެން ރާއްޖެ އެތެރެނުވެވޭނެ ކަމަށެވެ.

އޭގެ އިތުރަށް މިފިޔަވަޅަކީ އިސްރާއީލުން ފަލަސްޠީނު ރައްޔިތުންނާމެދު ޚާއްޞަކޮށް ޣައްޒާގެ އަހުލުވެރިންނާމެދު އޮކްޓޯބަރު 7، 2023 އިން ފެށިގެން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތައް ހުއްޓައިލަންދެން އެގޮތުގައި ދަމަހައްޓާނެ ފިޔަވަޅެއްކަމަށް ގާނޫނުގައި ބުނެފައިވެއެވެ. 

އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމަށް ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށްފައި މި ވަނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލަތަކާ ގުޅިގެންނެވެ. އެ ހަމަލާތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން އަންނަނީ ދުނިޔެއަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު