ENGLISH

16 އޭޕްރީލު 2025

Advertisement

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025؛ ބައިވެރިވުމުގެ ސުންގަޑި އިތުރުކޮށް، އިތުރު ފުރުޞަތުތައް ހުޅުވާލައިފި

15 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ސުންގަޑި އިތުރުކޮށް، ސަރުކާރުން އިތުރު ފުރުޞަތުތަކެއް ހުޅުވާލައިފިއެވެ.

މި ގޮތުން، މައުރަޒުގައި ބައިވެރިވުމުގެ ސުންގަޑި ކުރިން އިތުރު ކޮށްފައިވަނީ 15 އޭޕްރީލް 2025 އާ ހަމައަށެވެ. ސުންގަޑި އިތުރުކޮށްފައިވަނީ، ބައެއް ފަރާތްތަކުން އެދުނު ގޮތުގެ މަތިން ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަތު ފަހިކޮށްދިނުމަށެވެ.

ހުޅުވާލެވުނު އިތުރު ފުރުސަތުތަކަށް ބަލާއިރު، ބައިވެރިވާ ފަރާތްތަކަށް ބޭނުން ޢަދަދަކަށް ތަކެތި ބައިވެރި ކުރެވޭނެ ފުރުޞަތު ހުޅުވާލާފައި މިވަނީ އިތުރު ފުރުޞަތުތަކާއެކު، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގައި ވީހާވެސް ގިނަ ފަރާތްތަކެއް ބައިވެރިވެ، ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދިނުމަށް މަގުފަހި ކުރުމަށެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން އީ-ގަވް މެދުވެރިކޮށް އޮންލައިންކޮށް ފޯމް ހުށަހެޅުމުގެ އިތުރުން، މި މައުރަޒަށް ޚާއްޞަ ވެބްސައިޓް، www.expo.mv ގައިވާ ފޯމް، އީމެއިލްގެ ޒަރިއްޔާއިންނާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ހެޑް އޮފީހުން، އަދި އަތޮޅުތަކުގައި ހުންނަ ބީސީސީގެ ބިޒްނަސް ސެންޓަރތަކުން ބަލައިގަނެވޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފައެވެ.  

އަދި އިތުރު މައުލޫމާތު ހޯދުމަށް ގުޅާލެވޭނެ ހޮޓްލައިން ނަންބަރު 72838865 ވެސް ވަނީ ހަމަޖައްސާފައެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ބާއްވާ ޚާއްޞަ މައުރަޒެކެވެ.

މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް އެމީހުންގެ ހުނަރާއި ޤާބިލުކަން ދެއްކުމުގެ މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު