ENGLISH
16 އޭޕްރީލު 2025
އެޗް 3 ގެ އެޕާޓްމަންޓުތަކުން މިއަދު ކަރަންޓު ކެނޑުން އެކަށީގެންވޭ: ސްޓެލްކޯ
15 އޭޕްރީލު 2025
|
ސްޓެލްކޯ ހެޑް އޮފީސް-- ފޮޓޯ: އެމްއެމްޓީވީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޗް 3 ގެ އެޕާޓްމަންޓުތަކުން މިއަދު ކަރަންޓު ކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
އެކުންފުނިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކި ދުވަސްތަކަށް ބަހާލައިގެން ހިޔާ ޓަވަރުތަކުގައި މުހިންމު މަސައްކަތްތަކެއް ތާވަލުކުރެވިފައިވާ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 9:15 އާއި ހަވީރު 17:00 އާއި ދެމެދު ހިޔާ ޓަވަރު 3 ގެ ކޮންމެ އެޕާޓްމަންޓަކުން ވެސް 30 ވަރަކަށް މިނިޓަށް ކަރަންޓު ކެނޑުން އެކަށީގެންވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.