ENGLISH

08 ޖުލައި 2025

Advertisement

ޓިކްޓޮކް މޮނެޓައިޒޭޝަންގެ މަގުތައް ހުޅުވުމަށް ސަރުކާރުން މަސައްކަތް ފަށައިފި

15 އޭޕްރީލު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ރާއްޖޭގައި މަޤްބޫލްވަމުން އަންނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކް މެދުވެރިކޮށް ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ބައެއްގެ ގޮތުން، ރާއްޖެ އައިސްފައިވާ ޓިކްޓޮކްގެ އިސް ވަފުދަކާ އެކު މަޝްވަރާކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީއިން ކުރި ޕޯސްޓެއްގައިވެއެވެ.

މި މަޝްވަރާތަކުގައި، ޓިކްޓޮކްއާ ގުޅިގެން ޑިޖިޓަލް މޮނެޓައިޒޭޝަންގެ އާ މަގުތައް ހުޅުވުމަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވާހަކަދެކެވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި މަސައްކަތްތައް ކުރިއަށް ގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ، ކުރިއަރަމުން އަންނަ އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރުމުގެ ވަޢުދު ފުއްދުމަށްޓަކައެވެ.

މިހާރުވެސް ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުޞަތުތައް ހުޅުވިފައިވެއެވެ. މީގެ ތެރޭގައި:

1. ޓިކްޓޮކްގެ "ކްރިއޭޓަރ ފަންޑް" މެދުވެރިކޮށް، މަޝްހޫރު ވީޑިއޯ ހަދާ ފަރާތްތަކަށް އާމްދަނީ ލިބުން

2. ލައިވް ސްޓްރީމިންގ މެދުވެރިކޮށް އާމްދަނީ ހޯދުން

ރާއްޖޭގައި ވެސް މިހާރު ބައެއް ފަރާތްތަކުން މި ޕްލެޓްފޯމްތައް މެދުވެރިކޮށް އާމްދަނީ ހޯދަމުންދާކަން ފާހަގަކުރެވެއެވެ. ސަރުކާރުގެ މި އައު މަސައްކަތާއެކު، ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތަކެއް ރާއްޖޭގެ ޒުވާނުންނަށާއި އުފެއްދުންތެރިންނަށް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު