ENGLISH

16 އޭޕްރީލު 2025

Advertisement

ރަސްދޫގައި ހިނގި އަލިފާނުގައި ހާދިސާގައި ފިހުނު ދެވަނަ މީހާ ވެސް ނިޔާވެއްޖެ

14 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

އަލިފާނުގައި ފިހިގެން ފަރުވާ ދެނިކޮށް ނިޔާވި ޒުވާނާ

އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާ މިރޭ ނިޔާވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. މި ހާދިސާގައި އުމުރުން 31 އަހަރުގެ އައިޝަތު ރިފްޤާ އާއި 31 އަހަރުގެ އަލީ ސާމިން ވަރަށް ބޮޑަށް ފިހުނެވެ. ވަގުތުން ހަމަ އެރޭ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެއެވެ. 

އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދަނިކޮށް ރިފްޤާ ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ނިޔާވެފައެވެ. އޭނާ ނީޔާވީ ރާއްޖެ އިން ބޭރުން ބާން ސްޕެޝަލިސްޓެއް ވެސް ގެނެސްފައިވަނިކޮށެެވެ.

އޭގެ ފަހުން ވެސް ފިރިހެން މީހާގެ ވެންޓިލޭޓަރުން ނެގުމުން އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔަ އެވެ. ނިޔާވީ މިރެ އެވެ.

މި ހާދިސާ މެދުވެރި ގޮތް އަދިވެސް އެނގިފައި ނެތްކަމަށް ކަމާއި ބެހޭ އިދާރާތާކުން މައުލޫމާތު ދީފައިވެއެވެ. މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު