ENGLISH

16 އޭޕްރީލު 2025

Advertisement

ވެކޭޝަންސް އެކްސްޕޯ އަށް ޒިޔާރަތްކޮށްގެން އުމްރާ ދަތުރެއް ލިބުމުގެ ފުރުސަތު

14 އޭޕްރީލު 2025

|

އަޙުމަދު ޙަމީދު

އެކްސްޕޯގެ މައުލޫމާތު އެމްއެމްޓީވީއާ ހިއްސާ ކުރަނީ -

ބުރާސްފަތި ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި އަހަރުގެ ވެކޭޝަންސް އެކްސްޕޯ އަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ދިނުމަށް ނިންމައިފި އެވެ.

ހައިރައިސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ ވެކޭޝަންސް އެކްސްޕޯ އަކީ ޗުއްޓީ ހޭދަކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މައުލޫމާތަކާއި ހައްލު އެއްތަނަކުން ލިއްބައިދޭ، ދިވެހިންގެ މެދުގައި މަގުބޫލު އިވެންޓެކެވެ. މި އަހަރުގެ އެކްސްޕޯ ކުރިއަށްދާނީ އެޕްރީލް 17، އިން 25، އަށް ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. 

މި އަހަރުގެ އެކްސްޕޯއަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ގުރެއް ނަގާ ޢުމްރާ ދަތުރެއް ދިނުމުގެ އިތުރުން، ވެކޭޝަންސް އެކްސްޕޯގައި ބައިވެރިވާ 40 އެގްޒިބިޓަރުންގެ ސްޓޯލްތަކުން، ކޮންމެ ދުވަހަކުވެސް އެކި އިނާމުތަކާއި ޚާއްސަ ޕެކޭޖުތައް ޒިޔާރަތްކުރާ މީހުންނަށް ލިބިގެންދާނެ އެވެ.  

އެހެން އަހަރުތެކޭ އެއްގޮތަށް މިއަހަރުވެސް، ވެކޭޝަންސް އެކްސްޕޯގައ ބައިވެރިވާ އެގްޒިބިޓަރުން ޚާއްސަ ޓްރެވަލް ޕެކޭޖުތައް ހިއްސާކުރުމުގެ އިތުރުން، ރާއްޖޭގެ މަންޒިލްތަކާއި ބޭރުގެ މަންޒިލްތަކަށް ދަތުރުކުރުމާ ގުޅޭގޮތުން ކޮންމެހެން ބޭނުންވާނެ މައުލޫމާތުތައް ދޭނެ އެވެ.

އެކްސްޕޯގައި ބައިވެރިވާ އެގްޒިބިޓަރުންގެ ދާއިރާތައް
* ޓޫރިސްޓު ހޮޓާތައް* ގެސްޓްހައުސްތައް* އެއާލައިންތައް * ޓްރެވަލް އެޖެންޓުން * ސަރުކާރުގެ އިދާރާތައް* ބޭރުގެ ގައުމުތަކުގެ އެމްބަސީތައް* މޫދު ކުޅިވަރުގެ ވިޔަފާރިތައް* ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކުގެ ހޮސްޕިޓަލްތައް

ހާއްސަ ޕެކޭޖުތަކުގެ އިތުރުން، ޗުއްޓީ ދިޔުމާއި އެހެން ބޭނުންތަކަށް ދަތުރުކުރުމުގައި ދިމާވާ ދަތިތަކަށް އެއްތަނަކުން ހައްލުތައް ލިބި، އެންމެ ފަހުގެ ޓްރެންޑުތަކާއި ޓްރެވަލް ޓިޕްސް ވެސް މި ސްޓޯލްތަކުން ލިބިގެންދާނެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުވެސް ވެކޭޝަންސް އެކްސްޕޯގެ މެއިން ސްޕޮންސަރަކީ އޭސް ޓްރެވެލްސް އެވެ. ކޯ ސްޕޮންސަރުންނަކީ އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސާވިސަސް، އަދި ވޮޔޭޖެސް މޯލްޑިވްސް އެވެ.

ވެކޭޝަންސް އެކްސްޕޯއަށް އިތުރު ބާރެއް ލިބެނީ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި ޖަމިއްޔާތަކުން ލިބޭ އެއްބާރުލުމުގެ ސަބަބުން ކަމަށް ހަައިރައިޒް އިން ބުންޏެވެ.

އެގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ވެކޭޝަންސް އެކްސްޕޯ އެންޑޯސް ކުރުމަކީ މި އެކްސްޕޯގެ ހައިބަތު އިތުރުކޮށްދޭ ކަމެއް ކަން ވަނީ ފާހަގަ ކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު