ENGLISH
26 ޖުލައި 2026
ކުރޯ އާއި ކޮކީވެސް ވިކްޓްރީއަށް
26 ޖުލައި 2026
|
ވިކްޓްރީއާ ގުޅުނު ކުރޯ ހުސައިން ސިފާއު ޔޫސުފް (ކުރޯ) އާއި ހިސާމް ސަލީމް (ކޮކީ) ---
އެންމެ މަޤްބޫލު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ޤައުމީ ފުޓްބޯޅަ ޓީމުގެ ޑިފެންޑަރު ހުސައިން ސިފާއު ޔޫސުފް (ކުރޯ) އާއި، ކުލަބު އީގަލްސްއަށް ކުޅުނު ޑިފެންޑަރު ހިސާމް ސަލީމް (ކޮކީ) ވެސް ކުރިއަށް އޮތް ސީޒަނަށް ވިކްޓްރީ ސްޕޯޓްސް ކުލަބަށް ބަދަލުވެއްޖެއެވެ.
މި ދެ ކުޅުންތެރިންނާއެކު މި ޓްރާންސްފާ ބާޒާރުގައި ވިކްޓްރީން ވަނީ ހަ ކުޅުންތެރިއެއްގެ ސޮއި ހޯދާފައެވެ. އެއީ ކުރޯ އާއެކު މާޒިޔާއަށް ކުޅުނު ޤައުމީ ޓީމުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) އާއި، ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) ގެ އިތުރުން އޮޑި ސްޕޯޓްސް ކުލަަބަށް ކުޅުނު ޤައުމީ ޓީމުގެ މިޑްފީލްޑަރު ހުސައިން ނިހާން (ނިހާޓް) އާއި، އެ ޓީމުގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު (ޗެކް) އެވެ.
ކުލަބު އީގަލްސްގެ ޔޫތު ޓީމަށް 2013 ވަނަ އަހަރު ކުޅެން ފަށައި، އެ ޓީމާއެކު ޔޫތު ޗެމްޕިއަންޝިޕުގެ ގިނަ މުބާރާތްތަކެއް ކާމިޔާބުކުރި ކުރޯ އަކީ 2016 ވަނަ އަހަރު އީގަލްސްއިން ގައުމީ ތަށި ހޯދިއިރު، ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި އީގަލްސްގެ ކެޕްޓަނެއްގެ ދައުރުވެސް އަދާކުރި ކުރޯއަކީ 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޤައުމީ ޓީމުގެ ފަހަތުގައި މޮޅަށް ކުޅުނު ކުޅުންތެރިއެކެވެ.
އީގަލްސް ދޫކޮށް ކުރޫ މާޒިޔާއާ ގުޅުނީ 2023 ވަނަ އަހަރެެވެ. އޭނާ ވަނީ މާޒިޔާ އާއެކު ދިވެހި ޕްރިމިއަރ ލީގު ދެ ފަހަރު، އަދި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ.
ވިކްޓްރީއާ ދެން ގުޅުނު ކޮކީ އަކީވެސް ފުރަތަމަ ޑިވިޝަނުގެ ގިނަ ކުލަބުތަކަކަށް ކުޅެ، ޤައުމީ ޓީމުންވެސް މީގެ ކުރިން ޖާގަ ހޯދާފައިވާ ކުޅުންތެރިއެވެ. އެގޮތުން ކޮކީ ވަނީ އީގަލްސްގެ އިތުރުން ކުލަބު ވެލެންސިއާ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގައި ކާމިޔާބު ސީޒަންތަކެއް ހޭދަކޮށްފައެވެ.