ENGLISH

26 ޖުލައި 2026

Advertisement

މޯލްޑިވްސް ޓީ20 ޗެމްޕިއަންޝިޕުގެ ތަށި އަނަކީ ސްޕޯޓްސްއަށް

26 ޖުލައި 2026

|

އިސްމާއިލް ޝާހު

މޯލްޑިވްސް ޓީ20 ޗެމްޕިއަންޝިޕް ކާމިޔާބުކުރި އަނަކީ ސްޕޯޓްސްގެ ކުޅުންތެރިން --- ފޮޓޯ: ސީބީއެމް

މޯލްޑިވްސް ޓީ20 ޗެމްޕިއަންޝިޕް 2026 ގެ ފައިނަލް މެޗުގައި ބީޖީ ސްޕޯޓްސް ކުލަބު 7 ވިކެޓުން ބަލިކޮށް، އަނަކީ ސްޕޯޓްސް ކުލަބުން މުބާރާތުގެ ތަށި އުފުލާލައިފިއެވެ. 

މާލޭ ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ކުޅެން އަރައި ބީޖީ ސްޕޯޓްސްއަށް 15.5 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 82 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 26 ލަނޑު ހޯދި ޑޯން ކަސުންއެވެ. އަނަކީ ސްޕޯޓްސްގެ އިސުރު ސަމްޕަތު ވަނީ 2.5 އޯވަރުގެ ތެރޭގައި އެންމެ 4 ލަނޑަށް 4 ވިކެޓު ނަގާފައެވެ. މީގެ އިތުރުން ނިފްރާސް ނަޒްމީ ވަނީ 10 ލަނޑަށް 4 ވިކެޓު ނަގައި، ބީޖީގެ ބެޓިން ލައިނަޕް ރޫޅާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ޖަވާބުގައި އަނަކީ ސްޕޯޓްސްއިން ވަނީ 9.1 އޯވަރުގެ ތެރޭގައި 3 ކުޅުންތެރިން ނުބައިވެގެން 83 ލަނޑު ހަމަކޮށް، މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ޗަމަލްކާ ސޯހަން 15 ބޯޅައިން 25 ލަނޑު ހެދިއިރު، ސަމްޕަތު ދިނޭޝް ވަނީ ނުބައިނުވެ 15 ބޯޅައިން 22 ލަނޑު ހަދާފައެވެ. މީގެ އިތުރުން އިސުރު ސަމްޕަތު ވަނީ 20 ލަނޑު ހޯދައިދީ، ޓީމު މޮޅުކޮށްދިނުމުގައި ބޮޑު ހިއްސާއެއްވެފައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިސުރު ސަމްޕަތެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، މުބާރާތުގެ ޗެމްޕިއަން ޓީމަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސްްރީ ލަންކާގެ ހައި ކޮމިޝަނަރު މުޙައްމަދު ރިޒްވީ ޙަސަނެވެ.

މުބާރާތުގެ ވަނަވަނައަށް ދިޔަ ކުޅުންތެރިން:

  • އެންމެ މޮޅު ކުޅުންތެރިޔާ: ދިނޭޝް ކުމާރު
  • އެންމެ މޮޅު ބެޓްސްމަން: ސަމްޕަތު ދިނޭޝް
  • އެންމެ މޮޅު އުކުންތެރިޔާ: ނިބޯދާ ޝިވަންތަ

މީގެ އިތުރުން މެޗު އޮފިޝަލުންނަށް މެޑެލް ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ނައިބު ރައީސް އަޙްމަދު އިސްހާގެވެ.

ކިޔުންތެރިންގެ ހިޔާލު