ENGLISH

26 ޖުލައި 2026

Advertisement

ރާއްޖޭގެ އެކި ކަންކޮޅުތަކަށް އުދައަރާނެކަމަށް ލަފާކޮށް ސަމާލު ނެރެފި

26 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

މާލެއަށް އުދައެރުމުގެ ތެރެއިން، ފޮޓޯ: ފަރުދުން

އުދައަރާނެކަމަށް ލަފާކުރެވޭތީ ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިރޭ ހުދު ސަމާލު ނެރެފިއެވެ. 

މެޓު އޮފީހުން ބުނެފައިވަނީ މިރޭ 10:00 އާއި މެންދަމުން އަލިިވެ 2:00 އާ ދެމެދުގައި ކ.އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ދެމެދުގައިވާ ސަރަހައްދުގެ ރަށްރަށަށް އުދައިގެ އަސަރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. 

މި ސަރަހައްދަށް އުދައަރާނެކަމަށް މެޓު އޮފީހުން ލަފާކޮށް ސަމާލުވުމަށް އަންގާފައިވާއިރު، މިއަދު މާލެއަށް އުދައަރައި އެކި މިންވަރުގެއް ގެއްލުންވެފައިވެއެވެ. 

މާލެއަށް އެންމެ ބޮޑަށް އުދައަރާ ރާޅުގަނޑު ސަރަހައްދަށް ރާޅާއެކު ގަލާއި ވެލި އަރާފައިވެއެވެ. އަދި ކާނިވާ ސަރަހައްދަށް އެރި ރާޅުގަނޑުގެ ސަބަބުން އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި އުޅަނދުފަހަރަށް ގެއްލުންވިއެވެ. އަދި އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދަށް އުދައިގެ އަސަރުކޮށް އެތަނުގައި ހުރި ބައެއް އުޅަނދުތަކަށް ގެއްލުންވިއެވެ. 

މި ސަރަހައްދުތަކުގެ އިތުރަށް އަލަށް ތަރައްގީކޮށް ފުޅާކުރި ބޮޑުތަކުރުފާނު މަގުގެ ސަރަހައްދުތަކަށްވެސް އުދައިގެ އަސަރުކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު