ENGLISH
26 ނޮވެމްބަރު 2024
ތ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހުން ހައްޔަރުކޮށްފި
31 އޮކްޓޯބަރު 2024
|
އެންމެ މަޤްބޫލު
ތ. އަތޮޅުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތ. އަތޮޅު އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، ސްޓަރ، ޢަބްދުﷲ ޞަލާޙް (35އ) ދ. ހުޅުދެލި، ބްލޫބެލް، ޙަސަން ވަޙީދު (27އ) އަދި ތ. ތިމަރަފުށި، ފާލްސާގެ، އަނޫފް އަޙްމަދު (24އ) އެވެ.
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ތ. އަތޮޅު ފުލުހުން ގުޅިގެން ބުދަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ވޭމަންޑޫގެ ތިން ގެއަކާއި ތިމަރަފުށީ ހަ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. މިބަލައި ފާސްކުރުމުގެ ތެރެއިން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފުލުހުން ހޯދާފައިވެއެވެ.
ފުލުހުން ތަހުގީގުކުރަމުންދާ މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަބްދުﷲ ޞަލާޙް އާއި ޙަސަން ވަޙީދު 10 ދުވަހަށް އަދި އަނޫފް އަޙްމަދު 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.