ENGLISH
13 ޖުލައި 2026
ބަހުރެއިނަށް ކަނޑައަޅާ ސަފީރަކަށް ސަރީރު އައްޔަނުކުރުން ދިރާސާކުރަން ކޮމެޓީއަށް
13 ޖުލައި 2026
|
ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު. --ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދިވެހިރާއްޖެއިން ބަހުރެއިނަށް ކަނޑައަޅާ ނޮން- ރެސިޑެންޓް ސަފީރަކަށް އަޙްމަދު ސަރީރު އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
އަޙްމަދު ސަރީރު މިހާރު ހުންނެވީ ސައުދި އަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ. އަދި ސަރީރަކީ މޮރޮކޯއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެޒިޑެންޓް ސަފީރުވެސްމެއެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ހުށަހެޅުއްވި ސިޓީ ރިޔާސަތުން ވަނީ އިއްވާފައެވެ.
މި މައްސަލަ ދިރާސާކުރުމަށް މިހާރު ވަނީ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ.
ދިވެހިރާއްޖެއިން ސަޢުދިޢަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް އަޙްމަދު ސަރީރު އައްޔަނުކުރެއްވީ 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ.
ސަރީރު ގެންދަވަނީ 1986 ވަނަ އަހަރުން ފެށިގެން ހާރިޖީ ދާއިރާގައި މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ދިވެހި ހާރިޖިއްޔާގެ އިސް ގިނަ މަގާމުތަކެއް ސަރީރު ފުރުއްވާފައިވެއެވެ. އެގޮތުން ހާރިޖީ ވުޒާރާގެ ފޮރިން ސެކްރެޓަރީގެ މަގާމާއި، އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުގެ އިތުރުން ބަންގްލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަގާމާއި، އެމެރިކާ، ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމް ފުރުއްވާފައިވެއެވެ. އަދި ސާކްގެ އިސް މަގާމުތަކެއްވެސް ފުރުއްވާފައިވެއެވެ.
ސަރީރު ވަނީ އޮސްޓްރޭލިއާގެ ކެންބެރާ ޔުނިވާސިޓީން ސޯޝަލް ސައިންސަސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.