ENGLISH
13 ޖުލައި 2026
ކުރިއަށްއޮތް އޭލެވެލް އާއި އެޗްއެސްސީ އިމްތިހާނުގައި ބައިވެރިވާން ހުޅުވާލައިފި
13 ޖުލައި 2026
|
އެންމެ މަޤްބޫލު
އޮކްޓޯބަރު/ ނޮވެމްބަރުގައި ބާއްވާ އެޑެކްސެލް އައިއޭއެލް އަދި އެޗްއެސްސީ އިމްތިޙާނުގެ ނޯމަލް އެންޓްރީގެ އެޕްލިކޭޝަނަށް ހުޅުވާލައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަނުން ބުނީ، އެ އިމްތިހާނުގެ ނޯމަލް އެންޓްރީގެ ސުންގަޑިއަކީ އަންނަ އޮގަސްޓް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
ޑިޕާޓްމަންޓުން އާންމުކޮށްފައިވާ އެޑެކްސެލްގެ ވަކިވަކި މާއްދާތަކުގެ ފީއަށް ބަލާއިރު، އެކައުންޓް މާއްދާގެ ޖުމްލަ ފީއަކީ ދެ ޔުނިޓް އެއްކޮށް 6515 ރުފިޔާކަމަށެވެ. ލޯ މާއްދާގެ ފީއަކީ 3220 ރުފިޔާއެވެ.
ސައިންސްގެ މާއްދާތަކުގެ ތެރޭގާއި ހިމެނޭ ބައޮލޮޖީއާއި ކެމިސްޓްރީއާއި ހިސާބުގެ އިތުރުން ފިޒްކްސްގެ ފީއަކީ 905 ރުފިޔާއިން ފެށިގެން 5155 ރުފިޔާ ދެމެދެއެވެ. ބިޒްނަސް މާއްދާތަކުގެ ތެރޭގައި ހިމެނޭ ބިޒްނަސް ސްޓަޑިޒް އެންޑް އިކޮނޮމިކްސްގެ ފީއަކީ 1245 ރުފިޔާއާއި 4815 ރުފިޔާ ދެމެދެވެ.
އެޗްއެސްސީގައި ހިމެނޭ އިސްލާމާއި ދިވެއްސާއި ކޯ މެތަމެޑިކްސްގެ ފީއަކީ ތިން މާއްދާއަށް 305 ރުފިޔާއެވެ.