ENGLISH

15 އޭޕްރީލު 2025

Advertisement

މޯލްޑިވިއަންއަށް އިތުރު އެއާބަސް ބޯޓެއް ހޯދަނީ

13 އޭޕްރީލު 2025

|

ޝަރާ އަބްދުﷲ

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330..ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަންއަށް އިތުރު އެއާބަސް ބޯޓެއް ހޯދުމަށް އަނެއްކާވެސް އައިލެންޑް އެވިއޭޝަންއިން އިއުލާނުކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަންއިން މީގެ ކުރިންވެސް ވަނީ އެއާބަސް ބޯޓެއް ހޯދުމަށް އިއުލާނުކޮށްފައެވެ. ނަމަވެސް ޓެކްނިކަލް ރިކުއާމަންޓު ހަމަނުވާތީ، ކުރީގެ އިއުލާނު ވަނީ ބާތިލްކޮށްފައެވެ. ދެވަނަ އެއާކްރާފްޓް ހޯދުމަށް އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ ފެބްރުއަރީ ހައެއްގަ އެވެ.

ގެޒެޓުގައި ކޮށްފައިވާ އައިލެންޑް އޭވިއޭޝަންގެ އިއުލާނުގައިވާ ގޮތުން ފަސް އަހަރުގެ މުއްދަތަށް އޭ330 މަތިންދާ ބޯޓެއް ކުއްޔަށް ދޫކުރަން ބޭނުންވާ ފަރާތްތަކުން މި މަހުގެ 26 ގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅާން ޖެހޭނެ އެވެ. މޯލްޑިވިއަން އިން ބޭނުންވާ އެ ބޯޓު މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ތެރޭގައި ރާއްޖެއަށް ގެންނަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. އެބޯޓުން އަންނަނީ ޗައިނާގެ ތިން މަންޒިލަކަށް މިހާރު ދަތުރު ކުރަމުންނެވެ. އެއީ ޗައިނާގެ ތިން މަންޒިލަކަށެވެ. އެއާބަސް އޭ330 ދެވަނަ ބޯޓާ އެކު ޔޫރަޕަށް ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވިއަން އިން މީގެ ކުރިން ބުނެފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު