ENGLISH

24 އޭޕްރީލު 2025

Advertisement

ރާއްޖެއަށް ޒިޔާރަތްކުރި 714،598 ފަތުރުވެރިންގެ %69.8 މީހުން ދިޔައީ ރިސޯޓުތަކަށް

13 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ރާއްޖެއަށް އައި ފަތުރުވެރިންތަކަކަަށް މަރުހަބާ ދަންނަވަނީ،

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި 714،598 ފަތުރުވެރިންގެ %69.8 ފަތުރުވެރިން ގޮސްފައިވަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކަށްކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. 

މިނިސްޓްރީން އާއްމުކޮށްފަައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީން ފެށިގެން އޭޕްރީލު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 714،598 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު، އެމީހުންގެ 69.8 އިންސައްތަ ނުވަތަ 499،145 މީހުން ދިޔައީ ރިސޯޓުތަކަށެވެ.  ރާއްޖޭގައި މިވަގުތު 175 ރިސޯޓެއްގައި 43،147 އެނދު އޮޕަރޭޓުކުރަމުންދެއެވެ. 

ރާއްޖޭގައި 808 ގެސްޓުހައުސްގައި 13،762 އެނދު އޮޕަރޭޓުކުރަމުންދާއިރު މިހާތަނަށް 175،963 ފަތުރުވެރިން ގެސްޓު ހައުސްތަކަށް ދިޔައެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 24.6 އިންސައްތަ މީހުންނެވެ. 15 ހޮޓަލެއްގައި 2،38 އެނދު އޮޕަރޭޓުކުރަމުންދާއިރު ހޮޓާތަކަށް އައީ 21،061 ފަތުރުވެރިންނެވެ. އެއީ ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ 2.9 އިންސައްތައެވެ. 

އޭޕްރީލު މަހުގެ ފުރަތަމަ 12 ދުވަހުގައި 82،180 ފަތުރުވެރިން ރާއްޖެއަށް އައިސްފަައިވެއެވެ. އެއީ 2024 ވަނަ އަހަރުގެ އެ މުއްދަަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 72،137 ފަތުރުވެރިންނާ އަޅާބަލާއިރު 13.9 އިންސައްތައިގެ އިތުރުވުމެކެވެ. 

މުޅި އަހަރަށް ބަލާއިރު ޖަނަވަރީން ފެށިގެން އޭޕްރީލު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ނިމުނު އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަށްވުރެ 5.7 އިންސައްތަ އިތުރުވެފައިވެއެވެ. 

ހިނގަމުންދާ އޭޕްރީލު މަހުގެ ފުރަތަމަ 12 ދުވަހު ދުވާލެއްގެ މައްޗަށް އެވެރެޖުކޮށް 6،848 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. އަދި ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރީލު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެވެރެޖުކޮށް ކޮންމެ ދުވަހަކު 7،006 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 

މި އަހަރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަައި ޗައިނާއިންނެވެ. އެ ގައުމުން 79،770 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާއިރު ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި އިނގިރޭސިވިލާތުން 78،045 ފަތުރުވެރިން އައިސްފައިވެއެވެ. އަދި ރަޝިޔާއިން 74،802 ފަތުރުވެރިން އައިސްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު