ENGLISH
13 އޭޕްރީލު 2025
އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް، 36 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ
12 އޭޕްރީލު 2025
|
ނިޔާވި ޒުވާނާ ހޮސްޕިޓަލަށް ގެންދަނީ-- ފޮޓޯ/ އެމްއެމްޓީވީ
އައްޑޫ ސިޓީ ފޭދޫ ލިންކު ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިންގާ ޒުވާނަކު މިރޭ ނިޔާވެއްޖެ އެވެ.
ދިވެހި ފުލުހުން ޚިދުމަތުން ބުނީ ފޭދޫ ލިންކު ރޯޑްގައި މިރޭ 7:20 ހާއިރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ހިނގީ ސައިކަލާއި ކާރެއް ޖެހިގެން ކަމަަށް ވެސް ފުލުހުން ބުންޏެވެ. ނިޔާވީ މި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި ޒުވާނާ އެވެ.
ފުލުުހުން ބުނީ އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށެވެ. ނިޔާވީ ފޭދޫ، އުލްފަތު އުމުރުން 36 އަހަރުގެ އިބްރާހިމް ސިޔާދު އެވެ.
ފުލުހުން ވަނީ އެކްސިޑެންޓްވީ ކާރު ދުއްވިި ޒުވާނާ ހައްޔަރު ކޮށްފައެވެ. އެ މީހާގެ ވަނަވަރު ވެސް ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެއީ ގދ. ފިޔޯރީ އުމުރުން 23 އަހަރުގެ މުހައްމަދު މާހިލް މުމްތާޒް އެވެ.
މި އެކްސިޑެންޓްގެ ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.