ENGLISH
22 ޖޫން 2026
މަސްވެރިންނަށް މިއަދުވެސް ތިން ލައްކަ ރުފިޔާ ދޫކޮށްފި
22 ޖޫން 2026
|
މަސްވެރިކަން ކުރާ ބައެއް.
އެންމެ މަޤްބޫލު
މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، ނުވަ ދޯންޏަކަށް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހުގެ 20 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 349،555ރ. (ތިން ލައްކަ ސާޅީސް ނުވަ ހާސް ފައްސަތޭކަ ފަންސާސް ފަސް ރުފިޔާ) އެވެ.
މީގެތެރެއިން، ކަޅުބިލަމަސް ކިރުވި އަށް ދޯންޏަކަށް 341،380ރ. (ތިން ލައްކަ ސާޅީސް އެއް ހާސް ތިން ސަތޭކަ އައްޑިހަ ރުފިޔާ) ދޫކޮށްފައިވާއިރު މި މަހުގެ 20 ވަނަ ދުވަހު 10 ކިލޯއިން މަތީގެ ބޮޑުކަންނެލި މިފްކޯއަށް ކިރުވާފައެއް ނުވެއެވެ. ނަމަވެސް 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި އެއް ދޯންޏަކަށް ވަނީ 8،175ރ. ޖަމާކޮށްދީފައެވެ.
މިއަދުވެސް ރާއްޖޭގެ ހަތް ބަނދަރަކުން މިފްކޯއިން ދަނީ މަސް ގަންނަމުންނެވެ.
މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން ދަށްވަމުންދާތީ، މަސްވެރި އާއިލާތަކަށް މާލީ ގޮތުން ދަތިނުވެ، ހިފެހެއްޓުމެއް ފޯރުކޮށްދިނުމުގެ ގޮތުން މަސްވެރިން އަތުން މަސް ކިލޯއެއް ގަންނަ އަގު ވަނީ 18.50 ރުފިޔާއަށް ބޮޑުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާ ރުފިޔާ އޮތެވެ. އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކޮށް ނިންމަވައި ކިރުވާ މަހަށް 48 ގަޑިއިރު ތެރޭގައި މިހާރު އަންނަނީ ފައިސާ ދޫކުރަމުންނެވެ.