ENGLISH

10 ޖުލައި 2025

Advertisement

އައިޔޫއެމްގެ ސަނާބިލް އިމާރާތުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

12 އޭޕްރީލު 2025

|

ޝިފްޒާން އަޙްމަދު

ސަނާބީލު އިމާރާތުގެ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ވަގުފު އިމާރާތް ސަަނާބީލު އިމާރާތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަޅުއްވައިދެއްވައިފިއެވެ. 

މިއަދު ހުޅުމާލޭގައި އޮތް ރަސްމިއްޔާތެއްގައި އެ އިމާރާތުގެ ބިންގާ ރައީސް ޑރ.މުޢިއްޒު އަޅުއްވައިދެއްވިއިރު، މި އިމާރާތް ބިނާކުރުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުންނެވެ. އެ ފައިސާ އައިޔޫއެމްއިން ހޯދީ ސުކޫކު ވިއްކައިގެންނެވެ. 

އައިޔޫއެމްއިންވަނީ 60 މިލިއަން ރުފިޔާ ހޯދުމަށް ދިވެހިރާއްޖޭގެ ހިއްސާގެ ބާޒާރުގައި އެއް މިލިއަން ރުފިޔާގެ މޫނުމަތީ އަގުގެ 60 ސުކޫކު އިޝޫކޮށްފައެވެ. އެ 60 ސުކޫކު ގަނެ، 60 މިލިއަން ރުފިޔާ ހަމަޖައްސައިދިނީ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުންނެވެ. 

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވީ ސަނާބީލު އިމާރާތަކީ ދިވެހިރާއްޖޭގެ ތައުލީމު ކުރިއަރުވައި ދީނީ ހިދުމަތްތައް ފުޅާކުރުމުގައި މުހިއްމު ދައުރެއް އަދާކުރާނެ އިމާރާތެއްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

މި މަޝްރޫއަށް ފައިސާ ހޯދުމަށް އައިޔޫއެމްއިން ވިއްކި 60 މިލިއަން ރުފިޔާގެ ސުކޫކަށް ބީއެމްއެލްއިން އިންވެސްޓުކުރީ ތައުލީމަށް ބޭންކުން ދޭ އަހައްމިއްޔަތުގެ ސަބަބުން ކަމަށާއި، މި މަޝްރޫއަކީ އިސްލާމީ މާލީ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެހީތެރިވާނެ މަޝްރޫއެއްކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. 

އިސްލާމިކް ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ.އަލީ ޒާހިރު ބިން ގާސިމްގެ ވާހަކަފުޅުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަަވާލުވުމާއެކު ސަނާބީލު މަޝްރޫއު ހިންގުމަށް ވަރަށް ބޮޑަށް މަގުފަހިވިއެވެ. އެގޮތުން އިދާރާތަކާއި މުއައްސަސާތަކުން ހޯދަންޖެހޭ ހުއްދަތައް ފަސޭހައިން ލިބޭނެ މަގުފަހިވިކަމަށް އޭނާ ވިދާޅުވިއެވެ. 

އަދި ވައިސް ޗާންސެލާވަނީ މި އިމާރާތް އެޅުމަށް ބޭނުންވާ ފައިސާ ބީއެމްއެލް އިސްލާމިކްއިން ހަމަޖަައްސައިދިނީތީ އެ ބޭންކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. 

ސަނާބީލު އިމާރާތަކީ ޔުނިވާސިޓީއަށް އާމްދަނީ ހޯދުމުގެ ބޭނުމުގައި އަޅާ އިމާރާތަކަަށްވީ ނަމަވެސް އެ އިމާރާތުގެ ސަބަބުން ޔުނިވަސިޓީއަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަަށްވެސް ހައްލުތަކެއް ލިބޭނެ ކަމުގައި ދެކެވަޑައިގަންނަވާކަމަށް ޝައިޚް އަލީ ޒާހިރު ވިދާޅުވިއެވެ. 

މިއަދުގެ ރަސްމިއްޔާތުގައި ސަނާބީލު އިމާރާތުގެ ކޮންކްރީޓު މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ.މުޢިއްޒާއި ޔުނިވަރސިޓީގެ ވައިސް ޗާންސެލާ ޑރ.އަލީ ޒާހިރެވެ. 

ކިޔުންތެރިންގެ ހިޔާލު