ENGLISH

13 ސެޕްޓެމްބަރު 2025

Advertisement

މަތިންދާބޯޓެއްގެ ބުރަފަތީގައި ޖެހި ބޭރުގައި ޕައިލެޓުކަން ކިޔަވާ ދަރިވަރަކު ޒަހަމްވެއްޖެ

12 އޭޕްރީލު 2025

|

އަހުމަދު ސައީދު

ޒަހަމުވި ޒުވާނާ ދުއްވިކަމަށް ބެލެވޭ ވައްތަރުގެ މަތިންދާ ބޯޓެއް-- ފޮޓޯ/ އޭވިއޭޓާސް މޯލްޑިވްސް

މަތިންދާ ބޯޓުގެ ބުރަފަތީގައި ޖެހި ފިލިޕީންސްގައި ޕައިލެޓުކަން ކިޔަވާ ދިވެހި ދަރިވަރަކު ޒަހަމުވެއްޖެއެވެ. 

ވައިގެ ދަތުރުފަތުރާ ގުޅުންހުރި ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ދިވެހި ދަރިވަރު ވަރަށް ބޮޑަށް ޒަހަމުވީ އެނާ ތަމްރީނު ހާސިލުކުރާ ފްލައިޓު ޓްރޭނިން ފެސިލިޓީގައި ބޭނުންކުރާ މަތިންދާ ބޯޓުގެ ބުރަފަތީގައި ޖެހިގެންނެވެ. އޭރު އެބުރަފަތި ހުރީ އެނބުރި އެނބުރިއެވެ. 

އޭވިއޭޓާސްއިން ފާހަގަކޮށްފައިވާ ގޮތުގައި ވައިގެދަތުރުމަތީގެ އިތުރުން ބިންމަތީގެ ރައްކާތެރިކަމަށް ވެސް ޓްރޭނިން މާހައުލުގައި ސަމާލުކަން ދޭންވާނެއެވެ. އަދި ބޯޓުގެ އިންޖީނު ހިންގާފައި ހުންނައިރު، ބޯޓުގެ ވަށައިގެން ހަރަކާތްތެރިވުމުގައި ސަމާލުކަން ދޭންވީ ކަންކަން ޕައިލެޓު ޓްރޭނިން ހަދާ ދަރިވަރުންނަށް ކިޔައިދޭނެ އެވެ. 

ރާއްޖޭގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޒަހަމުވީ ހދ. ހަނިމާދޫ ޒުވާނެކެވެ. އަދި ބޮޑަށް ޒަހަމުވެފައިވަނީ އޭނާގެ މޫނެވެ. އޭނާ ޒަހަމުވީ ސެސްނާ-125 މަރުކާގެ ބޯޓުގެ އިންޖީނު ނިވާނުލައި ބޯޓުން ފޭބި ވަގުތު އަނބުރައިގަނެގެން ގޮސް ބުރަފަތީގައި ޖެހިގެން ކަމަށް ވެސް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު