ENGLISH
13 ސެޕްޓެމްބަރު 2025
ފާޓިލިޓީ ސެންޓަރުން 178 މީހުން ހިދުމަތް ހޯދައިފި، ފުރަަތަމަ އެމްބްރިޔޯ ޓްރާންސްފާ މޭ މަހު ހަދާނެ
12 އޭޕްރީލު 2025
|
ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ނޭޝަނަލް ފާޓިލިޓީ ސެންޓަރު، ފޮޓޯ: އެމްއެމްޓީވީ
މި ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފާޓިލިޓީ ސެންޓަރުން މިހާތަނަށް 178 މީހަކު ހިދުމަތް ހޯދާފައިވާކަމަށާއި، އަންނަ މޭ މަހު ފުރަތަމަ ފަހަރަށް އެ ސެންޓަރު މެދުވެރިކޮށް އެމްބްރިޔޯއެއް ޓްރާންސްފާ ކުރާނެކަމަށް މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ޙަލީމު ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލުގެ 22 ވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ ފާޓިލިޓީ ސެންޓަރަކީ އެފަދަ މަރުކަޒަކުން ދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތަކާއެކު ގާއިމުކޮށްފައިވާ ސެންޓަރެއް ކަމަށެވެ.
އިތުރަށް ޙަލީމު ފާހަގަކުރެއްވި ގޮތުގައި މިހާތަނަށް އެ ސެންޓަރުން 178 މީހަކު އެކި ހިދުމަތް ހޯދާފައިވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަދަންޖެހޭ ބައެއް ޓެސްޓުތައް ހެދުން ފަދަ ހިދުމަތްތައް ހިމެނޭކަމަށްވެސް ޙަލީމު ވިދާޅުވިއެވެ.
އިތުރަށް ޙަލީމު ފާހަގަކުރެއްވި ގޮތުގައި މާޗު މަހުގެ 11 ވަނަ ދުވަހަކީ އެ މަރުކަޒަށް ވަރަަށް ތާރީޚީ ދުވަހެކެވެ. އެ ދުވަހަކީ ފުރަތަމަ ފަހަރަށް އެ މަރުކަޒުގައި އައިވީއެފް ޕްރޮސީޖާ ހެދި ދުވަސްކަމަށާއި، އެގޮތުން ޕްރޮސީޖާއަށް ނަގަންޖެހޭ ހުރިހާ ތަކެއްޗެއް ނަގާފައިވާކަމަށް ޙަލީމު ވިދާޅުވިއެވެ.
އިތުރަށް ޙަލީމު ވިދާޅުވީ ފާޓިލިޓީ ސެންޓަރުން ފުރަތަމަ އެމްބްރިޔޯ ޓްރާންސްފާ އަންނަ މޭ މަހުގައި ހަދާނެ ކަމަށެވެ. އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރިތައް ވެފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ އައިވީއެފްގެ ފަރުވާއާއި ހިދުމަތް ހޯދުމަށް މިހާރުވެސް އިތުރު ނުވަ ދެމަފިރިއަކު ތައްޔާރުވެފައިވާ ކަމަށެވެ.
ފާޓިލިޓީ ސެންޓަރުގެ ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އޮންކޯ ފާޓިލިޓީ ހިދުމަތްތައް ފަށާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެއީ ކެންސަަރު ބައްޔަށް ފަރުވާ ހޯދާ ފަރާތްތަކަށް ފަރުވާގެ ސަބަބުން ދަރިމައިވުމަށް ހުރަސްއެޅިދާނެ ކަމުގައި ބެލެވޭ ހާލަތްތަކުގައި ދަރިމައިވުމަށް ބޭނުންވާ ތަކެތި ރައްކާކުރުމުގެ ހިދުމަތެވެ.
އެ ހިދުމަތް ހޯދުމަށް މިހާރު ދެ އާއިލާއަކުން އެދިގެން އެ ހިދުމަތް ފޯރުކޮށްދީފައިވާކަން ޙަލީމު ފާހަގަކުރެއްވިއެވެ.
ދަރިމައިވުމުގެ މައްސަލަތައް ދިމާވެ އެކަމަށް ކުރަންޖެހޭ ފަރުވާއަކީ ހަރަދު ބޮޑު އަދި ގިނަ ވަގުތުވެސް ހޭދަވާ ފަރުވާއެއްކަން ފާހަގަކުރައްވައި ހަލީމު ވިދާޅުވީ އެކަމަށް ބޭނުންވާ ފަރުވާ ރާއްޖެއިން ސަރުކާރުގެ މައި ހޮސްޕިޓަލުން ލިބޭނެ އިންތިޒާމު ހަމަޖެހުމަކީ އެ ފަރުވާ ބޭނުންވާ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.